ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 16:32
ޕިރަމިޑްގެ މާރކެޓިންގް މެނޭޖަރު މުހައްމަދު ސޮބާހު
ޕިރަމިޑްގެ މާރކެޓިންގް މެނޭޖަރު މުހައްމަދު ސޮބާހު
ސިމާހާ ނަސީމް
ޕިރަމިޑް
ޕިރަމިޑް އިން އާ ޕްރޮޑަކްޓެއް ލޯންޗުކޮށް ޖެމް ބިސްކޯދުގެ ޕްރޮމޯޝަނެއް ފަށައިފި
ލޯންޗުކޮށްފައި ވަނީ މަންޗީ ބްރޭންޑްގެ ޕިއްޒާ ސޭވަރީ ބިސްކިޓް
ޖެމް ބިސްކޯދުގެ ޕްރޮމޯޝަން މިއަދުން ފެށިގެން ދެ ހަފްތާ އަށް ކުރިއަށްދާނެ

ޕިރަމިޑްގެ ފަރާތުން އާ ޕްރޮޑަކްޓެއް ލޯންޗުކޮށް ޖެމް ބިސްކޯދުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ހޯމަ ދުވަހު ޕިރަމިޑްގެ ފަރާތުން ލޯންޗުކޮށްފައި ވަނީ މަންޗީ ބްރޭންޑްގެ ޕިއްޒާ ސޭވަރީ ބިސްކިޓްއެވެ.

ޕިއްޒާ ސޭވަރީ ބިސްކިޓަކީ ޓީ ބްރޭކްއަށް ނުވަތަ ސްނެކްއަކަށް ބޭނުން ކޮށްލަން ރަނގަޅު ބިސްކޯދެއް ކަމަށް ޕިރަމިޑްގެ މާރކެޓިންގް މެނޭޖަރު މުހައްމަދު ސޮބާހު ވިދާޅުވިއެވެ.

ސޮބާ ވިދާޅުވީ ޕިއްޒާ ސޭވަރީ ބިސްކިޓް ކޭހެއްގައި 24 ޕެކެޓް ހިމެނޭ އިރު 295ރ. އަށް ކޭހެއް ލިބޭނެ ކަމަށެވެ. އަދި ޕެކެޓެއް 15ރ. އަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސޮބާ ވިދާޅުވީ ޖެމް ބިސްކޯދުގެ ޕްރޮމޯޝަން މިއަދުން ފެށިގެން ދެ ހަފްތާ އަށް ފަށާފައިވާއިރު 100 ގްރާމް އާއި 200 ގްރާމްގެ ކޭހެއް ގަތުމުން މަންޗީ ބްރޭންޑްގެ ޗޮކްލެޓް މާރީ ބިސްކޯދު ކޭހެއް ހިލޭ ލިބިގެންދާނެ ކަމަށެވެ.

ޖެމް ބިސްކޯދުގެ ކޭހެއް 255ރ. އަށް ވިއްކަން ހުރިއިރު 100 ގްރާމްގެ ޕެކެޓެއް ވިއްކަން ހުރީ 6ރ. އަށެވެ. އަދި 200 ގްރާމްގެ ޕެކެޓެއް ވިއްކަން ހުރީ 13ރ. އަށެވެ.

ޕިރަމިޑް އިން ވިއްކާ ހުރިހާ ޕްރޮޑަކްޓެއް ވެސް މައިގަނޑު ގޮތެއްގައި އަގު ހެޔޮވެގެންދާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

ޕިރަމިޑްގެ ފަރާތުން ވަނީ މީގެ ދެ މަސް ކުރިން ޓުޑޭސް ޓޭސްޓް ބްރޭންޑުގެ މަސާލާ ޗާއި އަދި މާރިއޯ ބްރޭންޑުގެ މިލްކް ރަސްކު (ފާރޮށި) ތައާރަފުކޮށް ވިއްކަން ފަށާފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް