އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި ސާޖިއޯ އަގުއޭރޯ ހެދި ހެޓްރިކާއެކު އެންމެފަހުން ބަލިވި މެޗުގެ ހަނދާންތައް އެ ޓީމުން ނައްތާލައިފިއެވެ.
އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި ލިވަޕޫލް އަތުން ބަލިވި މެންޗެސްޓާ ސިޓީގެ ނުހިމެނުނު ދެ ކުޅުންތެރިން ކަމަށްވާ ޑޭވިޑް ސިލްވާ އަދި އޮލެކްޒެންޑާ ޒިންޗެންކޯ ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. މި މެޗު ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގައި ޒިންޗެންކޯ ފުރަތަމަ އެގާރައިގައި ހިމެނިގެން ސިޓީއަށް ކުޅެދިން ފުރަތަމަ މެޗަށެވެ.
ސިޓީގެ ފަރާތުން މޮޅު އެޓޭކިން ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގެ 19 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. ނިއުކާސަލްގެ ގޯލު މެޗުގެ 34 ވަނަ މިނެޓުގައި ސިޓީއަށް ހުޅުވައިދިނީ ސާޖިއޯ އަގުއޭރޯއެވެ. އޭނާ މި ލަނޑު ޖެހީ ކެވިން ޑެބްރައިނާ ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
@aguerosergiokun scores the #PL's 1st perfect hat-trick since he did it himself, against Newcastle, in October 2015#MCINEW @ManCity pic.twitter.com/TDMrisX2BO
— Premier League (@premierleague) January 20, 2018
އެއް ލަނޑުގެ ލީޑެއްގައި އޮވެ ސިޓީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ނިއުކާސަލްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ތަކުރާރުކޮށް ސިޓީއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ސިޓީގެ ލީޑު އަގުއޭރޯ އިތުރަށް ފުޅާކޮށްދިނުމެވެ. އެހެން ނަމަވެސް އޭގެ ހަތަރު މިނެޓުފަހުން ޖޭކޮބް މާފީ ވަނީ ނިއުކާސަލްއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި ލެރޯއި ސާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑެއް ޖަހައިދީ އަގުއޭރޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ސިޓީއަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
FULL-TIME Burnley 0-1 Man Utd
— Premier League (@premierleague) January 20, 2018
Anthony Martial smashes in the only goal as Jose Mourinho's men cut the gap at the top to 9 points… for now#BURMUN pic.twitter.com/X0QpNTCojm
މެންޗެސްޓާއަށް ނިސްބަތްވާ ދެވަނަ ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި 1-0 އިން ބާންލީ ބަލިކޮށްފައެވެ. މި މެޗުގައި ޔުނައިޓެޑްއިން ޖެހި ހަމައެކަނި ލަނޑު 54 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ފްރާންސްގެ ޒުވާން ފޯވާޑް އެންތަނީ މާޝިއާލްއެވެ.
އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ ވަނީ 2-0 އިން ވޮޓްފޯޑް ބަލިކޮށްފައެވެ. މި މެޗުގައި ލެސްޓާއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ޖެއިމީ ވާޑީ އަދި ރިޔާދް މަހަރޭޒްއެވެ. ހަމައެހެންމެ ސްޓޯކްސް ސިޓީ ވެސް ވަނީ އަމިއްލަ ދަނޑުގައި ހަޑާސްފީލްޑް ޓައުން 2-0 އިން ބަލިކޮށްފައެވެ. މި މެޗުގައި ސްޓޯކްއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ޖޯ އެލެން އަދި މަމޭ ބިރާމް ޑިއުފްއެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 65 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 53 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއަށެވެ. ޗެލްސީއަށް 50 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު 47 ޕޮއިންޓާއެކު އޮތް ލިވަޕޫލްއަށް ލިބެނީ ހަތަރު ވަނައެވެ. ޓޮޓެންހަމްއަށް 44 ޕޮއިންޓާއެކު ހަވަނަ ލިބޭއިރު 42 ޕޮއިންޓާއެކު އާސެނަލްއަށް ލިބެނީ ޓޮޓެންހަމްއެވެ.