އޮސްޓްރޭލިއަން އޯޕަންގެ ގަދަ 16 އިން ދުނިޔޭގެ އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިން ކަމަށްވާ ސްވިޓްޒަލޭންޑްގެ ރޯޖާ ފެޑެރާ އާއި ސްޕެއިންގެ ރަފައޭލް ނަދާލްގެ އިތުރުން ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ އެއްވަނައަށް ސީޑު ކުރެވިފައިވާ ނަދާލް ގަދަ 16 އިން ޖާގަ ހޯދީ ތިންވަނަ ބުރުގައި 28 ވަނައަށް ސީޑު ކުރެވިފައިވާ ބޮސްނިއާގެ ޑާމިރް ޒުމްހުރް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ގާތްގަނޑަކަށް އެއް ގަޑި އިރާއި 50 މިނެޓަށް ދިގު ދެމިގެންދިޔަ މި މެޗުގެ ސެޓުތައް ނަދާލް ގެންދިޔައީ 6-1، 6-3 އަދި 6-1 އިންނެވެ. ގަދަ 16 އިގައި ނަދާލް ނުކުންނާނީ 24 ވަނައަށް ސީޑު ކުރެވިފައިވާ އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަންއާ ދެކޮޅަށެވެ.
.@RafaelNadal has dropped only 21 games in three rounds at the #AusOpen
— #AusOpen (@AustralianOpen) January 19, 2018
On-court interviewer: "Is that the best preparation leading into the 4R at a Grand Slam you have ever had?"#Nadal: “I really don’t know. We are gonna check later.” #AusOpen pic.twitter.com/LncAO5425E
މެޗު ނިންމާލުމަށް ފަހު ވާހަކަ ދައްކަމުން ނަދާލް ބުނީ ޒުމްހުރް އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި އޭނާއަށް މެޗު ކާމިޔާބު ކުރެވުނީ އެންމެ މޮޅު ކުޅުން އޭނާގެ ފަރާތުން ދައްކައިގެން ކަމަށެވެ.
މި މުބާރާތުގެ ދެވަނައަށް ސީޑު ކުރެވިފައިވާ ފެޑެރާ ގަދަ 16 އަށް ދަތުރުކުރީ ތިންވަނަ ބުރުގައި ފްރާންސްގެ ރިޗާޑް ގެސްކުއެޓް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެން ދިޔަ މި މެޗުގައި ފެޑެރާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ މި މެޗުގައި ސެޓުތައް ގެންދިޔައީ 6-2، 7-5 އަދި 6-4 އިންނެވެ.
މެޗުން މޮޅުވުމަށް ފަހު ވާހަކަ ދައްކަމުން ފެޑެރާ ބުނީ މެޗުން މޮޅުވީ ނަސީބު ވެސް އެހީތެރިވެގެން ކަމަށާއި ފަސް ސެޓަށް މެޗު ދެމިގެން ގޮސްދާނެ ކަމަށް ވެސް ހީކުރި ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ހުރީ ތައްޔާރަށް ކަމަށާއި މެޗުން މޮޅުވީ ފޯކަސް ގެއްލުވާނުލައި ރަނގަޅު ކުޅުމެއް ދައްކައިގެން ކަމަށެވެ. ގަދަ 16 އިގައި ފެޑެރާ ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ 89 ވަނައިގައި އޮތް ހަންގޭރީގެ މާޓޮން ފުސޮވިޗްސްއާ ދެކޮޅަށެވެ.
Federer #AusOpen round four!
— BBC Tennis (@bbctennis) January 20, 2018
He's beaten Gasquet 6-2, 7-5, 6-4.@5liveSport Extra updates: https://t.co/uMcq1xvx1r #bbctennis pic.twitter.com/aG8Rgn4nBK
މި މުބާރާތް ރެކޯޑު ހަ ފަހަރު ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ގަދަ 16 އަށް ދަތުރުކުރީ ތިންވަނަ ބުރުގައި 21 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ އަލްބާޓް ރާމޯސް ވިނޯލާސް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ދެ ގަޑިއިރާއި 23 މިނެޓަށް ދެމިގެންދިޔަ މި މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ 6-2، 6-3 އަދި 6-3 އިންނެވެ. އޭނާ ގަދަ 16 އިގައި ނުކުންނާނީ ދެކުނު ކޮރެއާގެ ޗުންގް ހިޔޮންއާ ދެކޮޅަށެވެ.
That winning feeling!
— BBC Tennis (@bbctennis) January 20, 2018
Novak Djokovic is into the #AusOpen fourth round after overcoming an injury scare: https://t.co/5kXMkXr1Oa pic.twitter.com/FDw5gNxERa
މި ކުޅުންތެރިންގެ އިތުރުން އޮސްޓްރޭލިއާއަށް އުފަން 22 އަހަރުގެ ނިކް ކިރްގިއޯސް ވެސް ވަނީ ގަދަ 16 އަށް ދަތުރު ކޮށްފައެވެ. އޭނާ ވަނީ ތިންވަނަ ބުރުގައި ފްރާންސްގެ ޖޯ ވިލްފްރީޑް ސޮންގާ ތިން ސެޓު އެއް ސެޓުން ބަލިކޮށްފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 7-6 އިން ކިރްގިއޯސް ގެންދިޔަ ނަމަވެސް ސޮންގާ ވަނީ ދެވަނަ ސެޓު 6-4 އިން ގެންގޮސްފައެވެ. އެހެން ނަމަވެސް ފަހުން ކުޅުނު ދެ ސެޓު 7-6 އަދި 7-6 އިން ގެންގޮސް ކިރްގިއޯސް ވަނީ މި މެޗު ކާމިޔާބުކޮށްފައެވެ.
ހަމައެހެންމެ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާއި އިނގިރޭސިވިލާތުގެ ކައިލް އެޑްމަންޑް އަދި ކްރޮއޭޝިއާގެ މަރިން ސިލިޗްގެ އިތުރުން އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ވެސް ވަނީ ތިންވަނަ ބުރަށް ދަތުރު ކޮށްފައެވެ. އެހެން ނަމަވެސް މުބާރާތުގެ ފެވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ އެލެކްޒެންޑްރާ ޒްވަރޭވް ވަނީ މުބާރާތުން ކަޓާފައެވެ.