ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 22:01
ރޯޖާ ފެޑެރާ - އޭނާ ވަނީ ފަސް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައި
ރޯޖާ ފެޑެރާ - އޭނާ ވަނީ ފަސް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައި
އޭޓީޕީ
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ފެޑެރާ ފަސް ބެލުމެއް ނެތި ކުރިޔަށް
ފެޑެރާ ވަނީ ދެވަނަ ބުރުގައި ޖެން ލެނާޑް ސްޓްރަފް ސީދާ ތިން ސެޓުން ބަލިކޮށްފައި
ސްޓަން ވަވަރިންކާ ވަނީ މުބާރާތުން ކަޓާފައި

އޮސްޓްރޭލިއަން އޯޕަންގެ ދެވަނަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށް ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ މުބާރާތް ކާމިޔާބު ކުރުމަށް އިތުރު ފިޔަވަޅެއް ކުރިޔަށް އަޅައިފިއެވެ.

މި މުބާރާތުގެ ދެވަނައަށް ސީޑު ކުރެވިފައިވާ ފެޑެރާ ވަނީ ދެވަނަ ބުރުގައި ދުނިޔޭގެ ރޭންކިންގެ 55 ވަނައިގައި އޮތް ޖަރުމަނުގެ ޖެން ލެނާޑް ސްޓްރަފް ސީދާ ތިން ސެޓުން ބަލިކޮށް ތިންވަނަ ބުރަށް ދަތުރު ކޮށްފައެވެ. އޭނާ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-4، 6-4 އަދި 7-6 އިންނެވެ. ޖުމްލަ ފަސް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާ ތިންވަނަ ބުރުގައި ނުކުންނަން ޖެހޭނީ 29 ވަނައަށް ސީޑު ކުރެވިފައިވާ ފްރާންސްގެ ރިޗާޑް ގެސްކުއެޓްއާ ދެކޮޅަށެވެ.

ފެޑެރާ ތިންވަނަ ބުރަށް ދަތުރުކުރި ނަމަވެސް އޭނާގެ ގައުމަށް ނިސްބަތްވާ ސްޓަން ވަވަރިންކާ ވަނީ މުބާރާތުން ކަޓާފައެވެ. 2014 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވަވަރިންކާ މިފަހަރުގެ މުބާރާތުން ކެޓީ އެމެރިކާގެ ޓެނީސް ސޭންޑްގްރެން އަތުން ސީދާ ތިން ސެޓުން ބަލިވެގެންނެވެ. މި މެޗުގެ ސެޓުތައް ސޭންޑްގްރެން ގެންދިޔައީ 6-2، 6-1 އަދި 6-4 އިންނެވެ.

ސްޕެއިންގެ ރަފައެލް ނަޑާލްގެ ފަހަތުން މިމުބާރާތަށް ދެވަނަ އަށް ސީޑު ކޮށްފައިވާ ރޮޖަރ ފެޑެރާ، މިދިޔަ އަހަރުގެ އޮސްޓޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެހެން ނަމަވެސް ނަޑާލްގެ ފިޓްނަސްގެ މައްސަލަ ހުރުމާއި، އޭނާ އާ ދެން އެންމެ ވާދަކުރާ ސާބިއާގެ ނޮވާކް ޖޮކޮވިޗް އަދި ސްވިޓްޒަލެންޑްގެ ސްޓެން ވަވްރިކްނާގެ ފިޓްނަސް ލެވެލް އަށް ބަލާއިރު، މިމުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިޔަކީ ފެޑެރާއެވެ.

- ކޮމެންޓް