ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 16:05
ރާއްޖޭގެ ވޮލީ ޓީމުގެ ބައެއް ކުޅުންތެރިން
ރާއްޖޭގެ ވޮލީ ޓީމުގެ ބައެއް ކުޅުންތެރިން
ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން
މިއަހަރަކީ ރާއްޖޭގެ ވޮލީއަށް ބޮޑު އަހަރެއް
ނިމިގެންދިޔަ އަހަރު ލޯކަލް 11 މުބާރާތަކާއި ބައިނަލްއަގްވާމީ އަށް މުބާރާތެއްގައި ރާއްޖޭގެ ވޮލީ ޓީމުތައް ބައިވެރިވި
މިއަހަރު އެ އަދަދު ލޯކަލް 15 މުބާރާތަށް އަދި ބައިނަލްއަގްވާމީ ނުވަ މުބާރާތަށް އިތުރުވާނެ
ކޮލެޖް ޔުނިވާސިޓީ މުބާރާތްތައް ބޭއްވުމުގެ ބަދަލުގައި މިއަހަރު ވީއޭއެމްއިން ވަނީ ޔޫތް ޗެމްޕިއަންޝިޕްއެއް ބާއްވާނެ

މިއަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މުބާރާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

ވީއެއެމްއިން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ހުރިހާ ހަރަކާތްތަކެއް ހިމެނިފައިވާ ކަލެންޑަރު ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ވީއޭއެމްގެ ތާރީހުގައި ވެސް އެންމެ ގިނަ ހަރަކާތް ހިންގާ އެންމެ ގިނަ ބައިނަލްއަގްވާމީ މުބާރާތްތައް ހޯސްޓްކޮށް އެފަދަ މުބާރާތްތަކުގައި އެންމެ ގިނައިން ބައިވެރިވި އަހަރު ކަމަށެވެ.

ނިމިގެންދިޔަ އަހަރު ލޯކަލް 11 މުބާރާތަކާއި ބައިނަލްއަގްވާމީ އަށް މުބާރާތެއްގައި ރާއްޖޭގެ ވޮލީ ޓީމުތައް ބައިވެރިވިއިރު މިއަހަރު އެ އަދަދު ލޯކަލް 15 މުބާރާތަށް އަދި  ބައިނަލްއަގްވާމީ ނުވަ މުބާރާތަށް އިތުރުވެފައިވާ ކަމަށް ވީއޭއެމްއިން ހާމަކޮށްފައިވެއެވެ. ހަމައެހެންމެ ނިމިގެންދިޔަ އަހަރު 2500 ކުޅުންތެރިންނާއި 400 އޮފިޝަލުން މި މުބާރާތްތަކުގައި އެކި ގޮތްގޮތުން ބައިވެރިވިއިރު މިއަހަރު އެ އަދަދު ދެގުނަ ވެގެންދާނެ ކަމަށް ވީއޭއެމްއިން ބުނެއެވެ.

މިއަހަރުގެ ކަލަންޑަރުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ދެވަނަ ޑިވިޝަން މުބާރާތް ހުއްޓާލަން ނިންމާފައިވުމެވެ. ދެވަނަ ޑިވިޝަން މުބާރާތް ހުއްޓާލަން ނިންމީ އެ މުބާރާތުގައި ކުޅޭ ޓީމުތައް ވޮލީ ލީގާއި އެސޯސިއޭޝަން ކަޕްއަށް ކޮލިފައިވި ނަމަވެސް އެ މުބާރާތްތަކުގައި ފެނިގެން ނުދާތީ ކަމަށް ވީއޭއެމްއިން ބުނެއެވެ.

ހަމައެހެންމެ މިދިޔަ އަހަރުތަކުގައި ބޭއްވި ކޮލެޖް ޔުނިވާސިޓީ މުބާރާތްތައް ބޭއްވުމުގެ ބަދަލުގައި މިއަހަރު ވީއޭއެމްއިން ވަނީ ޔޫތް ޗެމްޕިއަންޝިޕްއެއް ބާއްވަން ނިންމާފައެވެ. އެ އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ވެސް ކޮލެޖް ނުވަތަ ޔުނިވާސިޓީގެ ނަމުގައި ބައިވެރިވެވޭނެ ކަމަށާއި މި މުބާރާތުގެ މަގުސަދަކީ ޒުވާން ކުޅުންތެރިންތަކެއް ބިނާކުރުން ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަތޮޅުތަކަށް ހާއްސަކޮށްގެން ވެސް މުބާރާތެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަތޮޅުތައް ޒޯނުތަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް 

މިއަހަރަކީ ރާއްޖޭގެ ގައުމީ ޓީމުތަކަށް ވެސް ގިނަ މުބާރާތްތަކެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އަހަރެކެވެ. ރާއްޖޭގެ ފިރިހެން ޓީމު މިއަހަރު ބައިނަލްއަގްވާމީ އަށް މުބާރާތެއްގައި ވާދަކުރާއިރު އަންހެން މުބާރާތް ވާދަކުރާނީ ތިން މުބާރާތެއްގައެވެ. މި މުބާރާތްތަކަށް ރާއްޖޭގެ ގައުމީ ޓީމުތައް ތައްޔާރުކުރުމުގެ ގޮތުން ޕްރެކްޓިސް ކޭމްޕަތަކަށް ވެސް ފޮނުވުމަށް ވަނީ ނިންމާފައެވެ.

ވީއޭއެމްއިން އަންނަނީ ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

- ކޮމެންޓް