ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 13:33
ސަޓާ އެވޯޑްސް 2017
ސަޓާ އެވޯޑްސް 2017
ގޫގުލް
ސަޓާ އެވޯޑްސް
ސަޓާ އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މިއަހަރު ސަޓާ އެވޯޑްސް ބާއްވަނީ އިންޑިއާގައި
ނޮމިނޭޝަން އަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރުގެ މާރޗް 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައި

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައިރައިޒްގެ ބުނީ ސަޓާ އެވޯޑްސް ބޭއްވުމަށް ރާވާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހު އިންޑިއާގައި ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި ހިދުމަތް ދޭ ފަރާތްތަކަށް ވާދަކުރެވޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާރޗް 15 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ސަޓާ އެވޯޑަށް އޮންލައިކޮށް ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް ތިން ދާއިރާއަކުން ކުރިމަތިލެވޭނެ އެވެ.

މީގެ އިތުރުން ސަޓާ އެވޯޑްސްގެ ނޮމިނޭޝަން އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 10 ސެގްމަންޓަކުން 36 ކެޓަގަރީ އަކަށެވެ.

އައްޑޫ ސިޓީގައި ކުލަގަދަކޮށް ބޭއްވި 2017 ވަނަ އަހަރުގެ ސަޓާ އެވޯޑުގެ ޝަރަފުވެރި 24 އެވޯޑެއް ރާއްޖޭގައި ޓޫރިޒަމް ހިދުމަތް ދޭ ފަރާތްތަކަށް ވަނީ ލިބިފަ އެވެ. 

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަކީ ރާއްޖޭގެ މަޝްހޫރު އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒްގެ ބައިނަލްއަގުވާމީ ބްރޭންޑެކެވެ. ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް