ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 19:31
މާކޮމްސްގެ އެސިސްޓަންޓް މެނޭޖަރ ޝިއުނާ ހަމީދު ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ
މާކޮމްސްގެ އެސިސްޓަންޓް މެނޭޖަރ ޝިއުނާ ހަމީދު ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ
ސިމާހާ ނަސީމް
އޯޕަން މައިޓީވީ އެޕްލިކޭޝަން
އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި
ކަސްޓަމަރުންނަށް ހާއްސަ ދެ ޕެކޭޖެއް ވަނީ ތައާރަފުކޮށްފައި

އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް މޯބައިލް ފޯން ނުވަތަ ލެޕްޓޮޕް މެދުވެރިކޮށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޯޕަން މައިޓީވީ އެޕްލިކޭޝަންގެ ޕެކޭޖްތައް ތައާރަފުކުރުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އާރޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާފައިވާއިރު ކަސްޓަމަރުންނަށް ހާއްސަ ދެ ޕެކޭޖެއް ވަނީ ތައާރަފުކޮށްފައެވެ.

މާކޮމްސްގެ އެސިސްޓަންޓް މެނޭޖަރ ޝިއުނާ ހަމީދު ވިދާޅުވީ އިންޓްރޯ ޕެކޭޖް އާއި ބޭސިކް ޕެކޭޖް މެދުވެރިކޮށް ކަސްޓަމަރުންނަށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާފައިވާއިރު 20 ޗެނަލް އަށް ވުރެން ގިނަ ޗެނަލްތައް އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލާލެވޭނެ ކަމަށެވެ.

އިންޓްރޯ ޕެކޭޖް 29ރ. އަށް ލިބިގެންދާއިރު ބޭސިކް ޕެކޭޖްގެ އަގަކީ 49ރ. އެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ޕެކޭޖްތަކަށް އެދުމުގެ ފުރުސަތު މައިޓީވީގެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ހުޅުވާލާފައިވާނެ ކަމަށެވެ.

މުސްތަގްބަލުގައި މި އެޕްލިކޭޝަން މެދުވެރިކޮށް ގިނަ ޗެނަލްތަކެއް ބަލާލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ.

ސީއެންއެން، ސޮނީ މެކްސް، ޒީ ސިނަމާ ފަދަ ޗެނަލްތައް އޮޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް