ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 18:26
މި މުބާރާތުގައި ބައިވެރިވަމުން އަންނަ ރާއްޖޭގެ ޓީމު
މި މުބާރާތުގައި ބައިވެރިވަމުން އަންނަ ރާއްޖޭގެ ޓީމު
ޓެނިސް އެސޯސިއޭޝަން
ޓެނިސް އެސޯސިއޭޝަން
އައިޓީއެފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ނަތީޖާތަކެއް
މިއީ އެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދާނެ މުބާރާތެއް
މިއަހަރު ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި ރާއްޖޭގެ ޖޫނިއާ ޓީމު ވާދަކުރާނެ

ވިއެޓްނާމްގެ ހޯޗިމިންގ ސިޓީގައި މިހާރު ކުރިއަށްދާ އައިޓީއެފް އޭޝިއާ 14 އެންޑް އަންޑަރ ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއާ ޓެނިސް ޓީމު ރަނގަޅު ނަތީޖާތަކެއް ހޯދައިފިއެވެ.  

ދެވަނަ ޑިވިޝަނުގައި ބައިވެރިވަމުން އަންނަ ރާއްޖޭގެ ކުޅުންތެރިން ވަނީ މި މުބާރާތުގެ ހަތަރު ވަނަ ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން އެ ކުޅުންތެރިން ކުޅުނު ގިނަ މެޗުތައް ކާމިޔާބުކޮށްފައެވެ.

ފިރެހެން ސިންގަލްސް އިވެންޓުގައި މެކާއުގެ ކުޅުންތެރިއަކާ ވާދަކޮށް ރާއްޖޭގެ ނާމިގު ޝާހިދު ބަލިވިއިރު، ރައުދަކު މައުމޫން ވަނީ ކެމްބޯޑިއާ ކުޅުންތެރިޔަކާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ. އަދި ރައްޔާން ޔޫސުފް ރިޒާ ވެސް ވަނީ ބޫޓާންގެ ކުޅުންތެރިޔަކާ ވާދަކޮށް މެޗު ކާމިޔާބު ކޮށްފައެވެ.

އަންހެން ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ތާރާ ނައީމް އަދި ސާރާ އަކްރަމް ވާދަ ކުރި މެޗު ތާރާ ކާމިޔާބު ކުރިއިރު ލަޔާން ޝާމިން ވަނީ ފަސޭހަކަމާ އެކު ބޫޓާންގެ ކުޅުންތެރިޔާގެ މައްޗަށް ކާމިޔާބު ހޯދިއެވެ.

އަންހެން ޑަބަލްސް ބައިގައި ތާރާ އަދި ސާރާ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ވިއެޓްނާމްގެ ނިކޯލް އަދި ހޭންގްއާ ދެކޮޅަށް ކުޅުނު މެޗުން ކާމިޔާބު ހޯދާފައިވެއެވެ. އެހެން ނަމަވެސް އޭގެކުރިން ކުޅުނު ޑަބަލްސް އިވެންޓްގެ މެޗުގައި ސާރާ އަކްރަމް އާއި ތާރާ ނައީމްގެ މައްޗަށް ވިއެޓްނާމް ކުޅުންތެރިން ކާމިޔާބު ހޯދާފައިވެއެވެ.

އައިޓީއެފް ޗެމްޕިއަންޝިޕަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތައް ހޯދާ ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެއެވެ. އަދި އެ ފެޑެރޭޝަނުން ނެރޭ ރޭންކިންގް ލިސްޓްގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަނީ ތިން އަންހެން ކުޅުންތެރިންނާއި ތިން ފިރިހެން ކުޅުންތެރިންނެވެ.

ޓެނިސް އެސޯސިއޭޝަނުން އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ޓެނިހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، މިއަހަރު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޭވިސް ކަޕް އަދި ޖޫނިއާ ފެޑް ކަޕްގެ ސަރަހައްދީ ކޮލިފައިންއަށް ޓީމެއް ފޮނުވަން ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

- ކޮމެންޓް