ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 14:36
ރާއްޖޭގެ ގައުމީ ބީޗް ވޮލީ ޓީމު ބޭރުގެ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރަނީ
ރާއްޖޭގެ ގައުމީ ބީޗް ވޮލީ ޓީމު ބޭރުގެ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރަނީ
ވީއޭއެމް
އޭވީސީ 19 އަހަރުން ދަށުގެ ބީޗް
އޭވީސީ ބީޗް ވޮލީގެ 19 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި
މި މުބާރާތުގައި 20 ޓީމު ވާދަކުރާނެ
މިއީ ރާއްޖޭގައި ބޭއްވިގެންދާނެ ތިންވަނަ ބައިނަލްއަގްވާމީ ވޮލީ މުބާރާތް

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސ) އިން ބާއްވާ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތް މިއަހަރު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަދީލް(ބޭބެ) ވިދާޅުވީ މި މުބާރާތުގައި ގާތްގަނޑަކަށް 20 ގައުމު ވާދަކުރާނެ ކަމަށާއި މި މުބާރާތުގައި އަންހެން އަދި ފިރިހެން އިވެންޓް ވެސް ކުރިޔަށްދާނެ ކަމަށެވެ. މާލެ ބީޗް ވޯލީ ކޯޓުގައި މި މުބާރާތް ބޭއްވިގެންދާއިރު މި މުބާރާތަކީ މުޅި އޭޝިއާއަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެއް ކަމަށް ބޭބެ ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ބޭއްވިގެންދާނެ ތިންވަނަ ބައިނަލްއަގްވާމީ ވޮލީ މުބާރާތެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި ވަނީ ދެ މުބާރާތެއް ބާއްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވުމެންސް ވޯލްޑް ޗެމްޕިއަންޝިޕްގެ އޭވީސީ ކޮލިފައިން ބުރު ރާއްޖޭގައި ބޭއްވިއެވެ. އެފަހަރުގެ މުބާރާތުގައި ވާދަކުރީ ރާއްޖޭގެ ޓީމުގެ އިތުރުން އިރާންއާއި ނޭޕާލްއެވެ.

ހަމައެހެންމެ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި އޭޝިއަން ސެންޓްރަލް ޒޯންގެ ސީނިއާ މެންސް ވޮލީ މުބާރާތް ބާއްވާފައިވެއެވެ. އެ މުބާރާތުގައި ވާދަކުރީ ރާއްޖޭގެ އިތުރުން ތުރުކެމިނިސްތާނާއި ނޭޕާލްގެ އިތުރުން ކިރްގިސްތާނެވެ. ވީއޭއެމްއިން އުއްމީދުކުރާ ވަރަށް މި މުބާރާތުގައި ޓީމު ބައިވެރިވެއްޖެނަމަ މި މުބާރާތް ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އެންމެ ގިނަ ގައުމު ބައިވެރިވެގެން ރާއްޖޭގައި ހޯސްޓްކުރާ މުބާރާތަށެވެ.

އޭވީސީއިން މި މުބާރާތް ކުރިޔަށް ގެންދާ ގޮތުން އެ މުބާރާތުގެ އެންމެ ގަދަ ހަތަރު ޓީމަށް އެފްވީއައިބީގެ 19 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕްއިން ޖާގަ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް