ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 04:29
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ގޫގުލް
ޓޫރިޒަމް މިނިސްޓްރީ
އަންނަ ދެ އަހަރު ތެރޭގައި 23 ރިސޯޓު ހުޅުވޭނެ: ޓޫރިޒަމް މިނިސްޓްރީ
ސަރުކާރުގެ އަމާޒަކީ 2013 ވަނަ އަހަރުން ފެށިގެން ފަސް އަހަރުގެ ތެރޭގައި އައު 50 ރިސޯޓު ހުޅުވުން
މިހާތަނަށް 27 އައު ރިސޯޓު ވަނީ ހުޅުވިފައި
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މިއަހަރު 100 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ނިންމާފައި

އަންނަ ދެ އަހަރު ތެރޭގައި 23 ރިސޯޓު ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގެ އަމާޒަކީ 2013 ވަނަ އަހަރުން ފެށިގެން ފަސް އަހަރުގެ ތެރޭގައި އައު 50 ރިސޯޓު ހުޅުވުން ކަމަށާއި މިހާތަނަށް 27 އައު ރިސޯޓު ހުޅުވާފައިވާ ކަމަށެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އަށް ވަރަށް ބޮޑު ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ.

މިގެ އިތުރުން ފާއިތުވި ފަސް އަހަރު ތެރޭގައި ޓޫރިޒަމް އިންޑަސްޓްރީ އަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، އަހަރަކު އެވްރެޖްކޮށް 7.7 ޕަސެންޓް ކުރިއަރާފައިވާ ކަމަށްވެސް ނޫސްބަޔާނުގައިވެއެވެ.

މި ރިސޯޓުތައް ހުޅުވުމުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 18000 ވަޒީފާ އުފެދިގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މިއަހަރު 100 މިލިއަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް