ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 19:10
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
ފޭސްބުކް
އެލައިޑް އިންޝުއަރެންސް
ގެއްލުމުގެ ބަދަލުގެ ގޮތުގައި އެލައިޑްން 158 މިލިއަން ރުފިޔާ ދޫކޮށްފި
އެންމެ ގިނައިން ފައިސާ ދޫކުރީ ހެލްތު އިންޝުއަރެންސާއި މެރިން ހަލް އިންޝުއަރެންސަށް

އެލައިޑް އިންޝުއަރެންސް ކުންފުނިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 158 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދޫކޮށްފިއެވެ.

އެލައިޑުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެންމެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދީފައި ވަނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން 19 ވަނަ ދުވަހަށެވެ. މި ހަތަރު ދުވަހު އެލައިޑުން ވަނީ ޖުމްލަ 13.6 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މީގެ އިތުރުން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން 14 ވަނަ ދުވަހު ވެސް އެލައިޑުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 10.4 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި މޭ މަހުގެ 7 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހަށް އެލައިޑުން 5.5 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުން 14 ވަނަ ދުވަހަށް ވަނީ 4.3 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނިން ބުނެފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދޫކުރީ ހެލްތު އިންޝުއަރެންސާއި މެރިން ހަލް އިންޝުއަރެންސަށް ކަމަށެވެ.

އެލައިޑް އިންޝުއަރެންސުން ކުންފުންޏަކީ 1985 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

 

- ކޮމެންޓް