ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 12:17
ތާރު އެޅި މަގު
ތާރު އެޅި މަގު
ފާތިމަތު ޝަނާ މުހައްމަދު
ތާރު އެޅި މަގު
ތާރު އެޅި މަގަށް އެއް އަހަރު، މަރާމާތު ކުރަންޖެހިފައި
ތާރު އެޅި މަގު ހުޅުވައިލީ 17 ނޮވެމްބަރު 2016 ގައި
ބޮޑު ތަކުރުފާނު މަގު އެއްކޮށް ތާރު އެޅުމުގެ މަސައްކަތް ކުރާނޭކަން ހައުސިންގ މިނިސްޓްރީން ހާމަކުރި

މާލޭ ސިޓީ މަގުތަކުގެ ފެންވަރު ދައްވެ، އަޑިގުޑަން ކަމާއެކު އެއްގަމު އުޅަނދު ދުއްވަން އުނދަގޫވެގެން ތަކެތި ދުއްވާ ފަރާތްތަކުން އެ ވާހަކަ ދައްކަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. މިކަން ހައްލު ކުރުމަށްޓަކައި ހައުސިންގ މިނިސްޓްރީން ވަނީ 2016 ވަނަ އަހަރު  މާލޭގެ މަގު ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. މާލޭ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މާލޭ ވަށައިގެންވާ މަގު (ބޮޑުތަކުރުފާނު މަގު) ތާރު އަޅާނެ ކަންވެސް އިއުލާނުކުރި އެވެ.

ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖްގެ މަސައްކަތާއެކު މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި 5.5 ކިލޯ މީޓަރުގެ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާއިރު މާލޭ ބޮޑެތި ހުރިހާ މަގެއް ލެވެލް ކުރެވެމުންދާނެ ކަމަށެވެ. ހަމަގައިމުވެސް މި ކަން އިއުލާނު ކުރުމުން އެތައް ބައެއް ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ. އެހެން ނަމަވެސް، ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އެ ވާހަކަ ދެއްކެވިތާ، އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އަދިވެސް މިކަން ހަގީގަތަކަށްވާ މަންޒަރުނުފެނެ އެވެ.

ފެނިގެންދަނީ މި މަސައްކަތް ފިނިހަކަ ސްފީޑުގައި ދާ މަންޒަރެ އެވެ. މިދިޔަ 2016 ވަނަ އަހަރުގެ މެދު ތެރޭގައި ނިންމި ނިންމުން، އިތުރު އަހަރެއް ފާއިތުވެގެންދާއިރު ވެސް ނިންމާ ނުލެވޭ މަންޒަރެވެ.

މި މަސައްކަތް އެހާ ބޮޑަށް ލަސްވެގެންދާ އިރު މިދިޔަ އަހަރު ނޮވެމްބަރު 17 ގައި ވަނީ މާލޭގައި ފުރަތަމަ ފަހަރަށް ތާރު އެޅި ހުޅަނގު ދެކުނު ފަރާތް ހުޅުވާލި އެވެ.  އެ ސަރަހައްދުގައި ތާރު އެޅުމަށް ހަތަރު މަސް ދުވަސް ނެގި އިރު އެމަގު ހުޅުވާލިތާ މިހާރު މިވަނީ އަހަރެއްވެފަ އެވެ. މިހާރު އެ މަގުން ފެނިގެން ދަނީ ހަލާކުވަމުން ދާތަނެވެ. ބައެއް ސަރަހައްދުތަކުން ތާރުގަނޑު ނެއްޓިފަ އެވެ. އަޑުގުނޑަންބވެފަ އެވެ. 
ތާރު އެޅި މަގު ފެށޭ ހިސާބު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެކަމުގެ ސަބަބުން ވެހިކަލްތައް ދުއްވުމަށް ވެސް ދަތިތައް ކުރިމަތިވެ އެވެ. 

އަގުބޮޑުކޮށް ތާރުއެޅުމަށް ފަހު، އެ މަގު ހަލާކުވެގެން އެދަނީ ރަނގަޅަށް ނުބެލެހެއްޓޭތީ އެވެ. 
 

އަނެއް މައްސަލައަކީ ތާރުއެޅި މަގުގައި ވެލި ގިނަވެ، ދުއްވާއިރު ހިރަފުސް ބޯވުމެވެ. ހަތަރުފުރޮޅުލީ ވެހިކަލެއް ބާރަށް ދުއްވާލައިފި ނަމަ، އެ ސަރަހައްދުގައި އެ ސަރަހައްދު ހިރަފުހުން ފުރި މީހުންނަށް އުނދަގޫވާވަރުވެ އެވެ. 

މިކަމާ ގުޅޭ ގޮތުން ޝަކުވާކުރަމުން ދިޔަސް އަދި ހައްލެއް ނުފެނެ އެވެ. ވެހިކަލްތަކުގެ ސްޕީޑަށް ބަދަލެއް ވެސް ނާދެ އެވެ.  

އިއްޒުއްދީން މަގުގައި ވެސް ތާރުއެޅުން ކުރިއަށް ދާއިރު، އެ މަސައްކަތް ވަނީ ވަރަށް ދިގުލައިގެން ގޮސްފަ އެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް