ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 16:30
"އެސްޓެޓިކޯ" ޝޯރޫމް
"އެސްޓެޓިކޯ" ޝޯރޫމް
ސިމާހާ ނަސީމް
"އެސްޓެޓިކޯ"
ހުޅުމާލޭގައި އެސްޓެޓިކޯ ގެ ނަމުގައި ޝޯރޫމްއެއް ހުޅުވައިފި
ޝޯރޫމް ހުޅުވާފައިވަނީ ހުޅުމާލޭ ބާބަރކިއު ސަރަހައްދު ކައިރީގައި
ސްޓެޓިކް ކުންފުނީގެ ފަރާތުން ހުޅުވި ޝޯރޫމް އެއް މިއީ
ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށްވެސް ތަކެތި ލިބޭނެ

ސްޓެޓިކް ކުންފުނީގެ ފަރާތުން ހުޅުމާލޭގައި "އެސްޓެޓިކޯ" ގެ ނަމުގައި ޝޯރޫމް އެއް ބުދަ ދުވަހު ހުޅުވައިފިއެވެ.

ޝޯރޫމް ހުޅުވާފައިވަނީ ހުޅުމާލޭ ބާބަރކިއު ސަރަހައްދު ކައިރީގައެވެ.

މި ޝޯރޫމް ހުޅުއްވައިދެއްވީ ސްޓެޓިކް ކުންފުނީގެ ޕްރޮޖެކްޓް ޕަވަރ ޕްލާންޓުގެ މެނޭޖަރު އިބްރާހީމް ޝަހުދުއެވެ.

ޝޯރޫމް އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެކުއާރީފް މެނޭޖަރު ހުސެއިން ސަލްމާން ވިދާޅުވީ ހުޅުމާލޭގައި ޝޯރޫމް ހުޅުވުމުގެ މަގްސަދަކީ ކާބަން ނިއުޓްރަލް ޕްރޮޑަކްޓްސްތަކެއް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށާއި ޝޯރޫމް ހުޅުވުމާއި ދިމާކޮށް ކަސްޓަމަރުންނަށް ޕްރޮޑަކްޓްސްތަކުން ޑިސްކައުންޓުވެސް ލިބިގެންދާނެ ކަމަށެވެ.

"އެސްޓެޓިކޯ" އިން ވިއްކާ ބައެއް ޕްރޮޑަކްޓްސްތަކަކީ ބިގް ފޭން ބްރޭންޑުގެ ބެޓަރީ ސައިކަލް، ބައިސްކަލް، ވޯޓަރ ޑިސްޕެންސަރ، ކޫލަރެވެ.

"އެސްޓެޓިކޯ" އިން ވޯޓަރ ޑިސްޕެންސަރސް ވިއްކުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އުކާލެވޭ ޕްލާސްޓިކް ފުޅީގެ އަދަދު މަދުކުރުން ކަމުގައި އެ ފަރާތުން ބުންޏެވެ.

"އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރަކީ އުކާލެވޭ ފެން ފުޅީގެ އަދަދު އިތުރުވެފައިވާ ތަން. އެހެންނަމަވެސް އަޅުގަނޑުމެންގެ މި ސިސްޓަމް ބޭނުންކުރުމުން ޕްލާސްޓިކް ފުޅި އިތުރުވުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ" އެކުއާރީފް މެނޭޖަރު ހުސެއިން ސަލްމާން ވިދާޅުވިއެވެ.  

މި ޝޯރޫމް އިން ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ވެސް ތަކެތި ލިބޭނެއެވެ.

 

  

  

 

  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް