ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 18:11
ދިރާގުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ދިރާގު ޓީވީ މެދުވެރިކޮށް ޑިޒްނީ ހަތަރު ޗެނަލް ތައާރަފުކޮށްފި
ދިރާގުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ދިރާގު ޓީވީ މެދުވެރިކޮށް ޑިޒްނީ ހަތަރު ޗެނަލް ތައާރަފުކޮށްފި
ދިރާގު
ދިރާގު ޓީވީ
ދިރާގުން ޑިޒްނީ ޗެނަލްތައް ތައާރަފު ކޮށްފި
ދިރާގު ޓީވީ މެދުވެރިކޮށް ޑިޒްނީ ހަތަރު ޗެނަލް ތައާރަފުކޮށްފައިވޭ

ދިރާގުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ދިރާގު ޓީވީ މެދުވެރިކޮށް ޑިޒްނީ ހަތަރު ޗެނަލް ތައާރަފު ކޮށްފިއެވެ.

އެގޮތުން ދިރާގުން ތައާރަފު ކޮށްފައިވާ ހަތަރު ޑިޒްނީ ޗެނަލްތަކަކީ ޑިޒްނީ ޗެނަލް، ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީ، ޑިޒްނީ ޖޫނިއަރ އަދި ޑިޒްނީ އެކްސްޑީ ޗެނަލް އެވެ.

ދިރާގުގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އަހުމަދު މައުމޫނު ވިދާޅުވީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ޑިޒްނީ ޗެނަލްތައް ތައާރަފު ކުރުމުގެ ޝަރަފު ދިރާގަށް ލިބުމުން އުފާ ކުރައްވާ ކަމަށާއި މި ޗެނަލްތަކަކީ އާންމުގެ މެދުގައި މަގްބޫލް ޗެނަލްތަކަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޑިޒްނީ ޗެނަލް އަކީ އުމުރުން ހަތަރު އަހަރާއި 14 އަހަރުގެ ކުދިންނަށް މުނިފޫހިފިލުވޭނެ ފަދަ ޝޯތަކެއް ހިމެނޭ ޗެނަލްއެކެވެ. އެ ޗެނަލް އިން ޑަކްޓޭލްސް، އާޓް އެޓޭކް ފަދަ ޝޯތައް ގެނެސްދެއެވެ. އަދި ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީ އަކީ ޒުވާނުންނަށް ހާއްސަ ކުރެވިފައިވާ ޗެނަލެކެވެ. އަދި މި ޗެނަލް މެދުވެރިކޮށް ބްލޮކްބާސްޓާ ފިލްމުތައް ކަމަށްވާ ހަނާ މޮންޓާނާ، ޓީން ބީޝް މޫވީ ފަދަ ފިލްމުތައް ބަލާލެވޭނެއެވެ.

މީގެ އިތުރުން ޑިޒްނީ ޖޫނިއަރ އަކީ އުމުރުން 2 އަހަރާއި 7 އަހަރުގެ ކުދިންނާއި ގުޅޭ ޗެނަލެކެވެ. މި ޗެނަލް މެދުވެރިކޮށް ސްނޯ ވައިޓް އާއި ސޯފިއާ ފަދަ ޝޯތައް ބަލާލެވޭނެއެވެ.

ދިރާގުން ބުނި ގޮތުގައި ޑިޒްނީ އެކްސްޑީ އަކީ އުމުރުން ހަ އަހަރާއި 14 އަހަރުގެ ކުދިންނަށް ހާއްސަ ކުރެވިފައިވާ ޗެނަލެކެވެ. އެ ޗެނަލުން މާވެލްސް ސްޕައިޑަމޭން އާއި އެވެންޖާސް ފަދަ މަޝްހޫރު ޝޯތައް ގެނެސްދޭނެއެވެ.

ދިރާގުން މީގެ ދެ މަސް ކުރިން ވަނީ ދިރާގު ޓީވީއަށް އައު 12 ޗެނަލް ލޯންޗު ކޮށްފައެވެ.

 

 

 

 

 

 

 

    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް