2014 ވަނަ އަހަރު އުފެއްދި ދިރްހަމް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޑަޓް ކުންފުންޏަކީ ވަރަށް ޅަފަތުގެ ކުންފުންޏަކަށްވީ ނަމަވެސް އެ ކުންފުނީގައި މަސައްކަތް ކުރަމުން ދަނީ ތަޖުރިބާހުރި ހުނަރުވެރި މުވައްޒަފުންނެވެ.
ދިރްހަމް ޓްރޭޑިންގެ މަގްސަދަކަށްވީ ރިސޯޓުތަކަށް ބޭނުންވާ ސާމާނާއި ކާބޯތަކެތި ރާއްޖޭން ބޭރުން ގެނެސް ރިސޯޓުތަކަށާއި އާންމު ރައްޔިތުންނަށް އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި ކުންފުނިން ރާއްޖެއަށް ސޯލް ޑިސްޓްރިބިއުޓަރގެ ގޮތުގައި އެތެރެ ކުރަނީ ބެޓީ ކްރޮކަރ، ސެނިޓަރީ ނެޕްކިން ޑްރީމް ގާރލް އާއި ހެޕީ ކައު ޗީޒް އެވެ. ކުންފުނީގެ އަމާޒަކީ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ރައްޔިތުންނަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދިނުމެވެ.
ކުންފުނިން ވިޔަފާރި ފެށިއިރު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރު ފައިސާ ލިބުމުގެ ދަތިކަން ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މުޅިން އައު ފެންވަރު ރަނގަޅު އަގު ހެޔޮ ޕްރޮޑަކްޓްސްތައް ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މުސްތަގްބަލުގައި ކުންފުނިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ވީހާވެސް ގިނަ އުފެއްދުންތަކެއްގެ ސޯލް ޑިސްޓްރިބިއުޓަރކަން ލިބި ފެންވަރު ރަނގަޅު އުފެއްދުންތަކެއް ރާއްޖެއަށް އެތެރެ ކުރުމެވެ.
މި ވޭތުވެދިޔަ ދުވަސްތަކުގައި އެ ކުންފުނިން އެތެރެކުރަމުންދާ އުފެއްުދުންތައް ކަސްޓަމަރުން ވަނީ ބަލައިގެންފަ އެވެ. ބޮޑު މަގުބޫލްކަމެއް ލިބިފަ އެވެ.