ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 08:33
މަޖޫ: އެންމެ މޮޅު އެކްޓްރެސް، އޭނާ އަށް ވަނީ 5 ކެޓެގަރީއަކުން އެވޯޑް ލިބިފައި
މަޖޫ: އެންމެ މޮޅު އެކްޓްރެސް، އޭނާ އަށް ވަނީ 5 ކެޓެގަރީއަކުން އެވޯޑް ލިބިފައި
މުހައްމަދު ޝަރުހާން
އަށްވަނަ ދިވެހި ފިލްމު އެވޯޑްސ
އެންމެ މޮޅީ މަޖޫ އާއި ޖުމައްޔިލް
ޖުމަލް އަށް ލިބިފައިވަނީ 2 އެވޯޑް
މަޖޫއަށް ލިބިފައިވަނީ 5 އެވޯޑް
އެވޯޑް ދިނުމުގެ ހަފްލާ ބާއްވާފައިވަނީ އޮލިމްޕަހުގައި

އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު އެކްޓްރެސްއަކަށް ހޮވުނީ މަރިޔަމް މަޖުދާ(މަޖޫ)އެވެ. އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ މުހައްމަދު ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ. އެދެމީހުންނަށް ވެސް އެންމެ މޮޅު އެކްޓަރ/އެކްޓްރެސްކަން ލިބުނީ "ވާށޭ މަށާއެކީ" އިންނެވެ.

މަޖޫއަށް ވަނީ 5 ކެޓެގަރީއަކުން އެވޯޑް ލިބިފައެވެ.

އެއީ އެންމެ މޮޅު އެކްޓްރެސް، އެންމެ މޮޅު އަންހެން ނިއުކަމާ،އެންމެ މޮޅު މޭކަޕް، އެންމެ މޮޅު ކްރޮއުގްރަފީ، އަދި އެންމެ މޮޅު ކޮސްޓިއުމް އެވެ.

 

ޖުމައްޔިލް: އޭނާއަށް ވަނީ އެންމެ މޮޅު އެކްޓަރ އަދި އެންމެ މޮޅު ފިރިހެން ނިއު ކަމާ ލިބިފައި

ޖުމަލް އަށް ލިބިފައިވަނީ 2 އެވޯޑެވެ. އެއީ އެންމެ މޮޅު އެކްޓަރ އަދި އެންމެ މޮޅު ފިރިހެން ނިއު ކަމާ އެވޯޑެވެ.

މި އެވޯޑް ހަފްލާގެ އެހެނިހެން އެވޯޑްތަކަށް ބަލާއިރު އެންމެ މޮޅު ފީޗާ ފިލްމްގެ އެވޯޑް ހޯދާފައިވަނީ ޑާކްރެއިންގެ "ވާށޭމަށާއެކީ" އެވެ.

ފީޗާ ފިލްމްގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑް ހޯދީ ފިލްމް އަހްޝަމްއިން ޒީނަތު އައްބާސް އާއި އަހުމަދު ސައީދެވެ.

ކުރު ފިލްމްގެ ބައިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދާފައިވަނީ ކުރު ފިލްމް ކަޝްފުން އިބްރާހިމް ޖިހާދު (ޖިމީ) އެވެ. އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހޯދާފައިވަނީ، ފާތިމަތު އާޒިފާ (އަޒޫ) އެވެ. އަދި ކުރު ފިލްމް ބައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ވެސް ގެންދިޔައީ، އަޒޫ އެވެ.

އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެވޯޑްތައް:

ފީޗާ ފިލްމު:

  • އެންމެ މޮޅު ފިލްމް: ވާށޭ މަށާއެކީ (ޑާކް ރެއިން އެންޓަޓައިމަންޓް)
  • އެންމެ މޮޅު ޑައިރެކްޓާ: އަލީ ޝިފާއު (ވާށޭ މަށާއެކީ)
  • އެންމެ މޮޅު އެކްޓާ: މުހައްމަދު ޖުމައްޔިލް ނިމާލު (ޖުމަލް)، (ވާށޭ މަށާއެކީ)
  • އެންމެ މޮޅު އެކްޓްރެސް: މަރިޔަމް މަޖުދާ (މަޖޫ)،(ވާށޭ މަށާއެކީ)
  • އެންމެ މޮޅު އަންހެން ނިއު ކަމާ: މަރިޔަމް މަޖުދާ (މަޖޫ)، (ހުޅުދާން)
  • އެންމެ މޮޅު ފިރިހެން ނިއު ކަމާ: މުހައްމަދު ޖުމައްޔިލް ނިމާލު (ޖުމަލް)، (އަނިޔާ)
  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ޒީނަތު އައްބާސް (އަހްޝަމް)
  • އެންމެ މޮޅު ސަޕޯޓިން އެކްޓާ: އަހުމަދު ސައީދު (އަހްޝަމް)
  • އެންމެ މޮޅު ސްކްރީން ޕްލޭ: އައިޝަތު ފުއާދު ތައުފީގް (ހުޅުދާން)
  • އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ: މަރިޔަމް އުނޫޝާ (24 ގަޑިއިރުގެ ފޯ އެވާ އިން ލަވް)
  • އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ: އަހުމަދު ނާޝިދު (ތަކުރަށް ބަހެއް:ފިލްމު ހުޅުދާން)
  • ލިރިކްސް: ޒީރޯ ޑިގްރީ، އަހުމަދު ނަސީރު އަދި މުހައްމަދު ރަޝީދު (ތަކުރަށް ބަހެއް:ފިލްމު ހުޅުދާން)
  • އެންމެ މޮޅު އޮރިޖިނަލް ލަވަ: މުހައްމަދު އިކްރާމް (24 ގަޑިއިރުގެ ފޯ އެވާ އިން ލަވް)
  • އެންމެ މޮޅު އާޓް ޑިރެކްޝަން: މުހައްމަދު އަލީ، އަލީ ޝިފާއު (ވާށޭމަށާއެކީ)
  • އެންމެ މޮޅު މޭކަޕް: މަރިޔަމް މަޖުދާ (މަޖޫ)
  • އެންމެ މޮޅު ވިޝުއަލް އިފެކްޓްސް: އަހުމަދު ޝިނާން (4426)
  • އެންމެ މޮޅު ކްރޮއުގްރަފީ: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)
  • އެންމެ މޮޅު ކޮސްޓިއުމް: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)
  • އެންމެ މޮޅު ސައުންޑް މިކްސިން: މުހައްމަދު އިކްރާމް (ވާށޭ މަށާއެކީ)
  • އެންމެ މޮޅު ސައުންޑް އެޑިޓާ: މުހައްމަދު އިކްރާމް (މިކޮއެ ބައްޕަ ބައެ ބައެ)
  • އެންމެ މޮޅު ބެކް ގްރައުންޑް މިޔުޒިކް: މުހައްމަދު އިކްރާމް (އެންމެފަހު ވިންދާ ޖެހެންދެން)
  • އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (ވާށޭ މަށާއެކީ)
  • އެންމެ މޮޅު ސިނެމެޓޮގްރަފީ: ޝިވާޒް އަބްދުﷲ (އަހްޝަމް)

ކުރު ފިލްމު:

  • އެންމެ މޮޅު ކުރު ފިލްމް: ވޫޑޫ
  • އެންމެ މޮޅު ޑައިރެކްޓާ: އަލީ ޝިފާއު (ވޫޑޫ)
  • އެންމެ މޮޅު އެކްޓްރެސް: ފާތިމަތު އާޒިފާ (އަޒޫ)، (ފަރިހިބެ 4)
  • އެންމެ މޮޅު އެކްޓާ: އިބްރާހިމް ޖިހާދު (ޖިމީ)، (ކަޝްފު)
  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ފާތިމަތު އާޒިފާ (އަޒޫ)
  • އެންމެ މޮޅު ސަޕޯޓިން އެކްޓާ: އަހުމަދު ނާޝިތު (ވޫޑޫ)
  • އެންމެ މޮޅު ސިނެމެޓޮގްރަފީ: އަލީ ޝިފާއު (ވޫޑޫ)
  • އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (ވޫޑޫ)

އަށްވަނަ ދިވެހި ފިލްމު އެވޯޑްސް ގައި މީގެ އިތުރުން ސާކް ފިލްމު ފެސްޓިވަލްގައި މިއަހަރު އެންމެ މޮޅު އެކްޓަރެސްކަމުގެ އެވޯޑު ލިބުނު އައިޝަތު ރިޝްމީއަށްވަނީ ޝަރަފުވެރިކަމުގެ އެވޯޑެއް ދީފައެވެ. އަދި ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ވަނީ ސްލޭމް ސްޓޫޑިއޯ ވުޖޫދަށް ގެނައި އަސްލަމް ރަޝީދު އަށާއި މުސްތަފާ ހުސެއިނަށް ދީފައެވެ.  

- ކޮމެންޓް