ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 12:33
ކައިވެނި ކުރި އަންހެން ކުއްޖާ ބަލާ ލ. އަތޮޅު އަންހެންވެރިން ދަނީ
ކައިވެނި ކުރި އަންހެން ކުއްޖާ ބަލާ ލ. އަތޮޅު އަންހެންވެރިން ދަނީ
ރާއްޖެ އެމްވީ
ކައިވެނި މައްޗަށް ދިއުން
ކައިވެނިމައްޗަށް ދިއުން: މައިދައިތަންމެން ފަހަރި ބަލައިދިއުން
މިއީ ލ. އަތޮޅުގައި އޮންނަ ޒަމާންވީ އާދަކާދައެއް
އަންހެން ކުއްޖާ ބަލާ ރަށުގެ އަންހެންވެރިން ދަނީ ބެރުޖަހާ ނަށަމުން
މިކަން އެންމެ ވައްތަރީ އިންޑިއާގެ ކައިވެނީގެ ހަފްލާތަކާއި

"ކައިވެނިމައްޗަށް ދިއުމަކީ" ދިވެހިންގެ ސަގާފަތާއި ގުޅިފައިވާ ކަމަށެވެ. މިއަދު މިކަން ކުރާތަން މަދުން ނޫނީ ނުފެނެއެވެ. ކައިވެނި މައްޗަށް ދާ ވާހަކަ ބުނުމުން އެއީ ކިހިނެއް ކުރާ ކަމެއްކަން ވެސް ގިނަ މީހުންނަން ނޭނގެއެވެ. އެހެންނަމަވެސް ލ. އަތޮޅު މީހެއް ގާތު ކައިވެނިމައްޗަށް ދާ ވާހަކަ ދައްކާލައިފިނަމަ، އެމީހުންނަން އެއީ އައުކަމެއް ނޫނެވެ. އެއީ ލ. އަތޮޅު ފިރިހެނަކު މީހަކާ ކައިވެނިކޮށްފިނަމަ އެ އަތޮޅުގެ މީހުން އެކަން އާދައިގެ ގޮތަކަށް ނިންމާ ނުލާތީއެވެ. ކައިވެނިމައްޗަށް ދާތީއެވެ. މައިދައިތަމެން އަންހެން ކުއްޖާ ބަލާ ދާތީއެއެވެ.

ލ. އަތޮޅު ރަށެއްގެ ފިރިހެނަކު އަވަށުން ބޭރު އަންހެން ކުއްޖަކާ ކައިވެނިކޮށްފި ނަމަ އެ އަންހެން ކުއްޖާ ބަލާ ދަނީ ފިރިހެން ކުއްޖާ ނިސްބަތްވާ އަވަށު މީހުންނެވެ. ބޮޑުބެރު ޖަހާ ނަށަމުނެވެ. އަންހެންވެރިން މާފަތިތަކާއި، ރުފިޔާ ފަތިތަށް ހިފައިގެން ބެރަށް ފައިހަމަ ކުރަމުންނެވެ. "ގެންދާނަމޭ، މަންޖެ ގެންދާނަމޭ މައިދައިތަމެން، މިތިބީ ބަލާ މަންޖެ ބަލާއި އައިސް" މިހެން ކިޔަމުނެވެ.  ބޮޑުބެރު ޖަހަމުން އެމީހުން އަންހެން ކުއްޖާގެ ގެއާއައި ހަމަޔަށް ދެއެވެ. އަދި "މައިދައިތަމެން" މިތިބީ ބަލައި އައިސް ކަމަށް ބުނެ ފައިސާ ފަތިތަށް ކަރުގައި އަޅުވައެވެ. މިއީ އެ އަތޮޅުގެ ގިނަ ރަށްތަކުގައި އޮންނަ ޒަމާންވީ އަދާކަދައެވެ.

 

ލާމު ލިންކް ރޯޑުގައި އަންހެންވެރިން ބެރުޖަހާ ނަށަނީ

އަންހެން ކުއްޖާ ގޭ ދޮރުމަތީގައި ހުއްޓައި ، "މައިދައިތަމެން" ގޮސް އެ އަންހެން ކުއްޖާގެ ކަރުގައި ފައިސާ ފަތިތަށް އަޅުވައެވެ. 50 ރުފިޔާ އާއި 100 ރުފިޔާއިން ފެށިގެން ގޮސް 500 ރުފިޔާގެ ނޫޓްގެ ފައިސާ ފަތިތަށް އަޅުވައެވެ. ފައިސާ ފަތި އަންހެން ކުއްޖާގެ ކަރުގައި އެންމެ ފުރަތަމަ އަޅުވަނީ އަންހެން ކުއްޖާގެ މައިދައިތައެވެ.  

 

ލ. މައިބައިދޫ އަންހެންވެރިން ކައިވެނި މައްޗަށް ދިއުން 

ލ. އަތޮޅު ފިރިހެނަކު އެ އަތޮޅު އެހެން ރަށެއްގެ އަންހެނަކާއި ކައިވެނިކޮށްފައި ނަމަ ދަތުރަށް ހަދާ، ދޯނި ފަހަރުތަކުގައި އެ ރަށަކަށް ވެސް ދެއެވެ. މިކަން ރަވާނީ ފިރިހެން ކުއްޖާގެ މަންމަ އާއި ފިރިހެން ކުއްޖާގެ އާއިލާގެ މީހުންނެވެ. މަގުމަތިން ނަށަމުން ދާއިރު ފިރިހެން ކުއްޖާގެ މަންމަ، ނުވަތަ އަންހެން ކުއްޖާގެ މައިދައިތަ ވެސް ރަށުގެ އަންހެން ވެރިންނާއި އެކު ހުރެއެވެ. އެމީހުން ނަށަމުން އަންހެންކުއްޖާ ބަލާ ދަނީ ފަރިވަޅު ވެސް ހިފައިގެންނެވެ. އެއީ އަންހެން ކުއްޖާގެ އާއިލާގެ މެމްބަރުންނަން ހާއްސަ ކުރެވެގެން ގެންދާ ފަރިވަޅެކެވެ. ފަރިވަޅަކީ ވެސް އާދައިގެ ފަރިވަޅެއް ނޫނެވެ. ބޮނޑިބަތާއި ކުޅި މާހާއި، މިހެން ގޮސް ހަނާ ކުރިމަހާއި ކުކުޅު ވެސް ހިމެނެވެ.

 

ކައިވެނިމައްޗަށް ދިއުމަށް ދޯނި ތައްޔާރުކޮށްފަ

ހަމަ މިއާއި އެކު އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން ކައިވެނި މައްޗަށްދާ މީހުންނަން ސައި ތައްޔާރުކުރެވެ. ނަށަމުން ބެރު ޖަހަމުން ކައިވެނި މައްޗަށް ދިޔަ މީހުންނަށް ހާއްސަކޮށްގެނެވެ.

މި ސަގާފަތް އެންމެ ވައްތަރީ އިންޑިއާގެ ކައިވެނީގެ ހަފްލާ އަކާއެވެ. ފިރިމީހާއި އާއި ފިރިމީހާގެ އާއިލާ "ބަހޫ" ބަލައި ދަނީ ވެސް މި ގޮތަށް ބެރުޖަހާ ނަށަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
19 ޑިސެންބަރ 2017 | އަންގާރަ 12:42
މުސްރިފް
މި ސަގާފަތް އެންމެ ވައްތަރީ ދުވާފަރު ކައިވެނީގެ ހަފްލާ އަކާއެވެ. ފިރިމީހާއި އާއި ފިރިމީހާގެ އާއިލާ އަނބިމީހާ ބަލައި ދަނީ ވެސް މި ގޮތަށް ބެރުޖަހާ ނަށަމުންނެވެ.
19 ޑިސެންބަރ 2017 | އަންގާރަ 12:39
ދުވާފަރު
ދުވާފަރު މީހުންވެސް