ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 19:26
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
އޭޝިއާގެ ބޭންކިން ކޮންފަރެންސް
ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!
މިއީ އެ ޖަމިއްޔާ އިން ބާއްވާ 35 ވަނަ އާންމު ބައްދަލުވުން
މި ކޮންފަރަންސް ބާއްވާ ބޭންކްގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް
މި ކޮންފަރަންސްގައި ޖުމްލަ 160 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާނެ

މިއަންނަ އަހަރު ބާއްވާ އޭޝިއާ ސަރަހައްދުގެ ބޮޑު ބޭންކިންގް ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އަންނަ އަހަރުގެ ނޮވެމްބަރު މަހު ކުރުނބާ މޯލްޑިވްސްގައި އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) އިން ވަނީ މި ކޮންފަރެންސް ބާއްވާނެކަން ހާމަކޮށްފައެވެ. މިއީ އެ ޖަމިއްޔާ އިން ބާއްވާ 35 ވަނަ އާންމު ބައްދަލުވުމެވެ.
ބީއެމްއެލް އިން ބުނީ މި ކޮންފަރެންސް ބޭއްވުމަށް ރާއްޖެ ކަނޑައެޅި، މި ކޮންފަރަންސް ބާއްވާ ބޭންކްގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އޭޝިއާގެ 25 ގައުމެއްގެ 80 މާލީ އިދާރާއާ އެކު އޭބީއޭ އިން މަސައްކަތްކުރަމުން ދަނީ ބޭންކިންގް އަދި ފައިނޭންސް ސިނާއަތަށް ކުރިއެރުން ހޯދައިދިނުމަށާއި ސަރަހައްދުތަކުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ.
އޭބީއޭގެ އަހަރީ ކޮންފަރެންސަކީ ސިނާއަތާ ގުޅޭ ކަންކަމާ އަދި ލިބެން ހުރި ފުރުސަތުތަކުގެ މުހިންމުކަމާ މެދު އެ ސިނާއަތުގެ އިސްވެރިން މަޝްވަރާކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.
މި ކޮންފަރަންސްގައި ޖުމްލަ 160 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް