ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 01:40
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ ރަސްމިއްޔާތުގެ ތެރެއިން
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ ރަސްމިއްޔާތުގެ ތެރެއިން
ފޭސްބުކް
ލަގްޒަރީ ހޮޓެލް އެވޯޑްސް
ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ގައިސަރަށް!
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސުވިޒަލޭންޑުގައި
މީގެ ކުރިން ގައިސަރަށް ވަނީ މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ޕީޕަލްސް އެޑިޝަންގެ އެވޯޑުވެސް ލިބިފައި
ގައިސަރް ވަނީ ޓޫރިޒަމް ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި

މި އަހަރުގެ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ގައިސަރް ނަސީމަށް ލިބިއްޖެއެވެ.

ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސުވިޒަލޭންޑުގައެވެ.

މީގެ ކުރިން ޕެރެޑައިސް އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރެއްވި ގައިސަރް މިހާރު އަދާކުރައްވަނީ ވިލާ ހޮޓެލްސް ޖެނެރަލް މެނޭޖަރުގެ މަގާމެވެ.

މި ރަސްމިއްޔާތުގައި ޕެރަޑައިސް އައިލެންޑް ރިސޯޓަށް ވަނީ ގްލޯބަލް ކެޓަގަރީ އިން ލަގްޒަރީ ވޯޓަރ ވިލާ އެވޯޑާއި އިންޑިޔާ ކަނޑުގެ އެންމެ ފުރިހަމަ ލަގްޒަރީ ބީޗް ރިސޯޓުގެ އެވޯޑް ލިބިފައެވެ.

މީގެ ކުރިން ގައިސަރަށް ވަނީ މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ޕީޕަލްސް އެޑިޝަންގެ އެވޯޑުވެސް  ލިބިވަޑައިގެންފައެވެ.

ގައިސަރް ވަނީ ޓޫރިޒަމް ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް