ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 22:58
ރޭޑްވޭވް ޑިޖިޓަލް ސެންޓަރ
ރޭޑްވޭވް ޑިޖިޓަލް ސެންޓަރ
ސިމާހާ ނަސީމް
ރެޑްވޭވް
ރެޑްވޭވް އިން އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ފިހާރައެއް ހުޅުވައިފި
ޓީވީ އާއި މޮބައިލް ފޯން، ކޮންޕިއުޓަރ އަދި ލެޕްޓޮޕް ފަދަ ތަކެތި ލިބެން ހުރޭ
އަންނަ އަހަރާ ދިމާކޮށް ރޭޑްވޭވް ޑިޖިޓަލް ސެންޓަރުން ހާއްސަ ޕްރޮމޯޝަނެއް ފަށާނެ

ރެޑްވޭވް އިން އިލްކްޓްރޯނިކްސް ސާމާނު ވިއްކާ ފިހާރައެއް "ރެޑްވޭވް ޑިޖިޓަލް ސެންޓަރ"ގެ ނަމުގައި އާދިއްތަ ދުވަހުގެ ރޭ ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވައިދެއްވަމުން ރެޑްވޭވްގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި އިލެކްޓްރޯނިކްސް ފިހާރައަކީ މޯބައިލް ފޯން ވިއްކުމަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެއް ކަމަށާއި މިއަންނަ އަހަރާ ދިމާކޮށް ފިހާރަ ހުޅުވަން ނިންމި ނަމަވެސް ކަސްޓަމަރުންގެ އެދުމުގެ މަތިން ފިހާރަ އަވަހަށް ހުޅުވީ ކަމަށެވެ.

ރޭޑްވޭވްގެ އަމާޒަކީ ހަމައެކަނި ކާބޯތަކެތި ފޯރުކޮށްދިނުން ނޫންކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ކަސްޓަމަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ވިޔަފާރި ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް އަގުހެޔޮ، ފެންވަރު ރަނގަޅު ޕްރޮޑަކްޓްތަކެއް މި ފިހާރައިން ލިބިގެންދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި ޓީވީ، މޮބައިލް ފޯން، ކޮންޕިއުޓަރ. ލެޕްޓޮޕް، ޕީއެސް، ކާޓްރިޖް ފަދަ ސާމާނުތައް ހިމެނެއެވެ.

މި އަންނަ އަހަރާ ދިމާކޮށް ރޭޑްވޭވް ޑިޖިޓަލް ސެންޓަރުން ހާއްސަ ޕްރޮމޯޝަނެއް ފަށާނެ ކަމަށް ވެސް އެ ފިހާރަ އިން މައުލޫމާތުދެއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް