ކޮސްމަރކް މޯލްޑިވްސްގެ ފަރާތުން ފްރާންސްގެ ރެޖިލޭ ހިކިކިރު އާދިއްތަ ދުވަހު ރާއްޖޭއަށް ތައާރަފު ކޮށްފިއެވެ.
މި ކިރަކީ ގްރެނިއުލޭޓަޑް ހިކި ކިރެކެވެ. ރެޖިލޭއަކީ ފްރާންސްގައި އުފައްދާ އަދި އެ ގައުމުގައި ބަންދުކޮށްފައިވާ ކިރެކެވެ.
ކޮސްމަރކް މޯލްޑިވްސްގެ މާރކެޓިން ޑައިރެކްޓަރ ވިދާޅުވީ ރެޖިލޭ ރާއްޖެއަށް ތައާރަފު ކުރުމާ އެކު، މި ހިކިކިރު ރާއްޖޭގެ މާކެޓްގައި ލިބެން ހުރި ހަމައެކަނި ގްރެނިއުލޭޓަޑް ހިކި ކިރަށް ވެގެން ދާނެ ކަމަށެވެ.
ކޮސްމަރކްގެ ފަރާތުން ރާއްޖެއަށް ތައާރަފު ކޮށްފައި ވަނީ ރެޖިލޭގެ ބާވަތްތަކުގެ ތެރެއިން ހަތަރު ބާވަތެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރެޖިލޭ ޒީރޯ ފެޓް ކެލްސިއަމް ޕްލަސް އާއި ރެޖިލޭ ވިޓަމިލްކް، ރެޖިލޭ ޒީރޯ ފެޓް އަދި ރެޖިލޭ ލޯ ފެޓްގެ ޕްރޮޑަކްޓްތެކެވެ.
ރެޖިލޭ ރީޖަނަލް ޑިސްޓްރިބިއުޓަރުގެ ފަރާތުން ވާހަކަ ދައްކަވަމުން ކްރިޝްނަން ވިދާޅުވި ގޮތުގައި ރެޖިލޭއަކީ 60 އަހަރު ވެފައި ބްރޭންޑެކެވެ. އަދި ޔޫރަޕާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މާކެޓްކޮށް ވިއްކަމުންދާ ޕްރޮޑަކްޓެއް ކަމަށް ކްރިޝްނަން ވިދާޅުވިއެވެ.
ކޮސްމަރކްއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވެލްނަސް ސަޕްލަޔަރެވެ. މިގޮތުން ރާއްޖޭގެ ގިނަ ރިސޯޓްތަކަށާއި ގެސްޓް ހައުސްތަކަށާއި ސްޕާތަކަށް ވެލްނަސް ޕްރޮޑަކްޓްތައް ކޮސްމަރކްގެ ފަރާތުން ޑިސްޓްރިބިއުޓް ކުރެއެވެ.
ކޮސްމަރކްގެ ފަރާތުން ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ތަފާތު އެކި ވައްތަރުގެ ވެލްނަސް ޕްރޮޑަކްޓްތައް ވަނީ ރާއްޖޭގެ މާކެޓަށް ތައާރަފުކޮށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދީފައެވެ.