މޮބައިލް ގޭމިންއަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ނެރޭ ފުރަތަމަ ގޭމް ސްޓޯރު އުރީދޫ އިން ބުދަ ދުވަހު ތައާރަފުކޮށްފިއެވެ.
މި ގޭމް ސްޓޯރ މެދުވެރިކޮށް، މޮބައިލް ބޭނުންކޮށްގެން ކުޅޭ އެންމެ މަޤްބޫލު ގޭމުތައް ޑައުންލޯޑުކޮށް، އެއްވެސް އިޝްތިހާރަކާއި ނުލާ ކުޅެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
"އަޅުގަނޑުގެ ކަސްޓަކަރުންނަށް ކަމުދާ، އައު ޚިދުމަތްތައް ރާއްޖޭގައި ތައާރަފު ކުރުމަކީ، އުރީދޫ އިން ހާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމެއް. މިގޮތުން، އުރީދޫ ގޭމް ސްޓޯރު އިން އެންމެ ފަހުގެ މޮބައިލް ގޭމުތައް، ފަސޭހަކަމާއި އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ގުޅުވާލަދޭނެ. މިފަދަ، ރާއްޖެއަށް މުޅިން އައު ޚިދުމަތެއް ތައާރަފް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރާނީ މި ސްޓޯރު އިތުރަށް ފުޅާކޮށް، މޮބައިލް ގޭމް ކުޅުއްވާ ބޭފުޅުންނަށް ކަމުދާނެ ގިނަ ގޭމްތަކާއި، ތަފާތު ފީޗަރތައް އިތުރު ކުރުމަށް" އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.
ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް، އުރީދޫ ގޭމް ސްޓޯރގެ ޚިދުމަތް ހޯދުމަށްޓަކައި ޚިޔާރުކުރެވޭނެ ޚާއްސަ ތިން އޮފަރ އެއް ވަނީ ތައާރަފް ކޮށްފައެވެ.
މުއްދަތު |
އަގު |
ޕެކޭޖް |
1 ދުވަސް |
2 ރުފިޔާ |
ގޭމާޒް ޕެކް ޑެއިލީ |
1 ހަފްތާ |
10 ރުފިޔާ |
ގޭމާޒް ޕެކް ވީކްލީ |
1 މަސްދުވަސް |
25 ރުފިޔާ |
ގޭމާޒް ޕެކް މަންތްލީ |
މިގޮތުން އެންޑްރޮއިޑް ފޯނު ބޭނުން ކުރައްވާ ބޭފުޅުންނަށް، އުރީދޫ ގޭމް ސްޓޯރު އިން ތަފާތު ގޭމިންގ އެޕްތައް ޑައުންލޯޑު ކުރެވޭނެއެވެ. އަދި އައިއޯއެސް ފޯނު ބޭނުން ކުރައްވާ ބޭފުޅުންނަށް، ގޭމް ސްޓޯރުގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ގޭމުތައް އޮންލައިކޮށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.