ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 07:48
ހަފްލާގެ ޝަރަފުވެރި މެހެމާްން ބޮލީވުޑްގެ މަޝްހޫރު އެކްޓްރަސް އުރުވަޝީ ރައުޓެލާ ވާހަަކަ ދައްކަވަނީ
ހަފްލާގެ ޝަރަފުވެރި މެހެމާްން ބޮލީވުޑްގެ މަޝްހޫރު އެކްޓްރަސް އުރުވަޝީ ރައުޓެލާ ވާހަަކަ ދައްކަވަނީ
ސިމާހާ ނަސީމް
މޯލްޑިވްސް ޓްރެވަލް އެވޯޑްސް
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި
އެވޯޑުތައް ހަވާލުކޮށްފައިވަނީ ޖުމްލަ 27 ކެޓަގަރީއަކަށް ބަހާލައިގެން
"ލައިފް ޓައިމް އެޗީވްމަންޓް" އެވޯޑް ލިބުނީ މުހައްމަދު ވަހީދުއްދީން އަށް
"ރިކޮގްނިޝަން އޮން ލައިފް ޓައިމް އެޗީވްމަންޓު"ގެ އެވޯޑް ލިބުނީ ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓަށް

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ހަވާލުކޮށްފިއެވެ.

އެވޯޑުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު އާދާރަން ސެލެކްޓް ހުދު ރަންފުށި ރިސޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާފައިވާއިރު އެވޯޑުތައް ދީފައިވަނީ ޖުމްލަ 27 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

އެވޯޑުތައް ދީފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރާކާތްތެރިވާ ފަރާތްތަކުން ނޮމިނޭޓްވެ، އާންމުންގެ އެންމެ ގިނަ އެސްއެމްއެސް އަދި އޮންލައިން ވޯޓް ލިބުނު ފަރާތްތަކަށެވެ.

 27 ކެޓަގަރީއަށް އެވޯޑުތައް ލިބުނު ފަރާތްތައް: 

1 – ލީޑިންގް ފުޑް އެންޑް ބެވަރޭޖް އައުޓްލެޓް (ބާ/ރެސްޓޯރަންޓް) އެވޯޑް: ޝެވަލް ބްލޮންކް ރަންދެލި

2 – ލީޑިންގް ފުޑް އެންޑް ބެވަރޭޖް އެވޯޑް: ވަން އެންޑް އޮންލީ ރީތި ރަށް، އަމިއްލަ ފުށި ރިސޯޓް

3 – ލީޑިންގް ލޯ ކޯސްޓް ކެރިއަރގެ އެވޯޑް: އެއަރ އޭޝިއާ

4 – ލީޑިންގް ލޯކަލް ކެރިއަރގެ އެވޯޑް: މޯލްޑިވިއަން 

5 – ލީޑިންގް އިންޓަނޭޝަނަލް ކެރިއަރގެ އެވޯޑް: ސިންގަޕޯ އެއަރލައިންސް

6 – ލީޑިންގް އެއަރޕޯޓް/ސިޓީ ހޮޓެލްގެ އެވޯޑް: އިކުއޭޓަރ ވިލެޖް

7 – ލީޑިންގް ބިޒްނަސް ހޮޓެލްގެ އެވޯޑް: ހޮޓެލް ޖެން

8 – ލީޑިންގް ލިވަބޯޑް އެވޯޑް: ހޮރައިޒަން 3 .

9 – ލީޑިންގް ލިވަބޯޑް ބްރޭންޑްގެ އެވޯޑް: ވޮޔޭޖަސް މޯލްޑިވްސް 

10 – ލީޑިންގް ޑައިވް ވޯޓަރ ސްޕޯޓްސް ސެންޓަރ އެވޯޑް: ޕެރެޑައިޒް އައިލެންޑް ރިސޯޓް

11 – ލީޑިންގް ސާފް ރިސޯޓް އެވޯޑް: އަދާރަން ސެލެކްޓް ހުދުރަންފުށި   

12 – ލީޑިންގް ޑައިވް ރިސޯޓުގެ އެވޯޑް: އަންގާގާ އައިލެންޑް ރިސޯޓް އެންޑް ސްޕާ / ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ

13 – ލީޑިންގް ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑްގެ އެވޯޑް: ކްރައުން އެންޑް ޗަންޕާ ރިސޯޓްސް

14 – ލީޑިންގް އިންޓަރނޭޝަނަލް ހޮޓެލް/ރިސޯޓް ބްރޭންޑްގެ އެވޯޑް: އަނަންތަރާ ރިސޯޓް ހޮޓެލް އެންޑް ރިސޯޓްސް 

15 – ލީޑިންގް ސީއެސްއާރް ޕްރޮގްރާމްގެ އެވޯޑް: ސިކްސް ސެންސަސް ލާމު ރިސޯޓް / އަދާރަން ސެލެކްޓް މީދުއްޕަރު

16 – ނިއު ކަމަރ އޮފް ދަ ޔިއަރގެ އެވޯޑް: ކަޑިންމަ މޯލްޑިވްސް 

17 – ލީޑިންގް ވެލްނަސް އެންޑް ސްޕާ ބްރޭންޑްގެ އެވޯޑް: ދުންޔެ  ސްޕާ

18 – ލީޑިން ވެލްނަސް އެންޑް ސްޕަރ ރިސޯޓްގެ އެވޯޑް: ދަ ސަން ސިޔާމް އިރުފުށި ރިސޯޓް

19 – ލީޑިންގް ބީޗް އެވޯޑް: ވެލާ އައިލެންޑް ޕްރައިވެޓް ލިމިޑެޓް

20 – ލީޑިންގް އިކޯ އެވޯޑް: ސޮނޭވާ ފުއްށި / ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ

21 – ލީޑިންގް ފެމެލީ ރިސޯޓް އެވޯޑް: ވަން އެންޑް އޮންލީ ރީތި ރަށް

22 – ލީޑިންގް ޑިޒައިނަރ ރިސޯޓް އެވޯޑް: ސޮނޭވާ ޖާނީ

23 – ލީޑިންގް ޕްރައިވެޓް އައިލެންޑްގެ އެވޯޑް: ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް 

24 – މޯސްޓް ރޮމޭންޓިކް ރިސޯޓް އެވޯޑް: ހުވަފެން ފުށި ރިސޯޓް

25 – ލީޑިންގް ލަގްޒަރީ ރިސޯޓް އެވޯޑް: ޝެވަލް ބްލޮންކް ރަންދެލި  

26 – ލީޑިންގ ހިއުމަން ރިސޯސް މެނޭޖްމަންޓް އެވޯޑް: ވަން އެންޑް އޮންލީ ރީތި ރަށް

27 – މޯސްޓް ސަޕޯޓިވް ރިސޯޓްގެ އެވޯޑް: އަދާރަން ސެލެކްޓް ހުދުރަންފުށި

މި ރަސްމިއްޔާތުގައި "ރިކޮގްނިޝަން އޮން ލައިފް ޓައިމް އެޗީވްމަންޓު"ގެ އެވޯޑް ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓަށް ލިބިފައިވާއިރު "ލައިފް ޓައިމް އެޗީވްމަންޓް" އެވޯޑް ލިބުނީ ބަނޑޮސް ރިސޯޓްގެ ވެރިޔާ މުހައްމަދު ވަހީދުއްދީން އަށެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަންގެ އެވޯޑް ހަފްލާ ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފައިވާއިރު މި ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ އުރްވަޝީ ރައުޓެލާއެވެ.

   

 

 

 

 

 

- ކޮމެންޓް