ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 14:55
ފުއާދު ތަޢުފީޤު: ސަރުކާރުގައި ތިބި ފަރާތްތަކުން ފުއާދުގެ ސިޔާސީ ނާޤާބިލުކަން ދެއްކުމަށް ހަޖޫޖަހަނީ ހެއްދެވި ފަރާތަށް
ފުއާދު ތަޢުފީޤު: ސަރުކާރުގައި ތިބި ފަރާތްތަކުން ފުއާދުގެ ސިޔާސީ ނާޤާބިލުކަން ދެއްކުމަށް ހަޖޫޖަހަނީ ހެއްދެވި ފަރާތަށް
އަޒުމޫން އަހުމަދު
މަގޭ ރިޕޯޓް
ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟
ސަރުކާރުގައި ތިބި ފަރާތްތަކުން ފުއާދުގެ ސިޔާސީ ނާޤާބިލުކަން ދެއްކުމަށް ހަޖޫޖަހަނީ ހެއްދެވި ފަރާތަށް
އެއް ކެނޑިޑޭޓް ނެރޭ ވާހަކަ ފުރަތަމަ ދެއްކެވީ ރައީސް ނަޝީދު
އިދިކޮޅު ފިކުރުގެ ގިނަ ބަޔަކު ފުއާދަށް ތާޢީދުކުރޭ

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ވާންވާނީ އިންތިޤާލީ ވެރިއަކަށް ކަމަށާއި، އެ ވެރިކަން ވާންވާނީ، ހުރިހާ ޕާޓީތަކަކަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ބައިވެރިވެވޭ އިންތިޚާބެއް ބޭއްވުމަށް ކޮށޭ މަގަކަކަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ހިސާބުން ޤައުމުގެ ބޮޑު ބަހުސަށް ވެގެން ދިޔައީ އެ މައުލޫޢޫއެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް އިންސާފުވެރި އިންތިޚާބެއް ލިބެން އޮތް ހަމައެކަނި ގޮތަކީ މިއީ ކަމަށް ސިފަކުރެވުނުއިރު، ސަރުކާރުން ރައީސް ނަޝީދުގެ މި ވިސްނުންފުޅު ސިފަކުރީ ބަލި ޤަބޫލުކުރުން ގޮތުގައެވެ.

މި ވާހަކަތަކާ އެކު ދެން ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔަ ވާހަކައަކީ، ރައީސް ނަޝީދު އެ ވިދާޅުވާ އިންތިޤާލީ ރައީސަކީ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތަޢުފީޤު ކަމަށް ފެތުރުނު ވާހަކައެކެވެ. އެ ވާހަކަ ސަރުކާރުން ވެސް ސީރިއަސްކޮށް ބަލައިގަތްކަން ހާމަވެގެންދިޔައީ ސަރުކާރުގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކުވެސް މި ވާހަކަ ޓްވީޓް ކުރެއްވި ހިސާބުންނެވެ.

ހަތަރު ލީޑަރުން ހުށަހަޅުއްވައިފި ނަމަ އިންތިޤާލީ ސަރުކާރެއް ހިންގެވުމަށް ރިޔާސީ ރޭހަށް ނުކުންނަވަން ތައްޔާރަށް ހުންނެވިކަން ފުއާދު އިޢުލާނުކުރެއްވުން ވެގެންދިޔައީ މި ވާހަކަތަކަށް އިތުރު ބާރެއް ލިބިގެންދިޔަ ކަމަކަށެވެ.

ފުއާދު ވެރިކަމަށް ކުރިމަތިލައްވާ ވާހަކައާ އެކު ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ތަޢުރީފު އޮހެމުންދާއިރު ކޮންމެ ސިއްކައެއްގެ ދެފުށް އޮންނަ ފަދައިން، ފުއާދަށް ގިނަ އަދެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ 2013 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފުއަދާއި އިލެކްޝަން ކޮމިޝަންގެ މައްޗަށް ކުރެވުނު ތުޙުމަތުތަކުގެ ވާހަކައެވެ. ސިޔާސީ ގޮތުން ބަލާއިރު މި ވާހަކައަކީ ދެއްކުން އެންމެ ރަނގަޅު ވާހަކައެއް ކަމަށް ޤަބޫލުކުރެވެއެވެ. މިނިވަން މުއައްސަސާއެއްގެ ވެރިއަކަށް ހުރިއިރު ކުރިމަތިކުރެވުނު ތުޙުމަތުތައް ފާހަގަ ކުރުމަކީ މައްސަލައެއް ނޫނެވެ.

ނަމަވެސް ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ފުއާދު ކަމުނުދާކަން ދެއްކުމަށްޓަކައި ސަރުކާރަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން ދެއްކި އެއް ވާހަކައަކީ ހަޤީޤަތުގައި ވެސް ބަލައިގަނެވޭނެ ފަދަ ވާހަކަތަކެއް ނޫނެވެ.

ލީކުވެފައިވާ ސްކްރީންޝޮޓްތަކަކުން ފެންނަ ގޮތުގައި ސަރުކާރަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން ފުއާދު ރައީސް ކަމަށް ގެންނަން ނުފެންނަ ސަބަބެއްކަމުގައި ދެއްކި އެ ސަބަބަކީ، އުފެދުމުގައި ވާހަކަދެއްކުމުގައި ފުއާދަށް ދިމާވެފައިވާ ކުޑަ ދަތިކަމެކެވެ. އެކަން ސަބަބަކަށް ހަދައި، ވައިބަރ ގްރޫޕްތަކާއި ޓްވިޓަރ އަދި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމް ތަކުގައި އެ ފަރާތްތަކުން ވަނީ ފުއާދަށް ފާޑުކިޔާފައެވެ.

މިގޮތަށް ފުއާދަށް ފާޑުކީ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަފީރުންނާއި، މިނިވަން ކޮމިޝަންތަކުގެ މަޤާމުތައް ފުރުއްވާފައިވާ ފަރާތްތައް ކަމަށް ބެލެވޭ ފަރާތްތައް ވެސް ހިމެނެއެވެ.

ފަހަރުގައި ފުއާދަކީ ރައީސް ކަމަށް އެންމެ ޤާބިލް މީހާއަށް ނުވެދާނެއެވެ. ނަމަވެސް އުފެދުމުގައި މީހަކަށް ކުރިމަތިވެފައިވާ ކަމަކަށް ހަޖޫޖެހުމުން އޭގެން އެ ދޭހަވަނީ ތިމާގެ ވެސް ނާޤާބިލު ކަމެވެ. ތިމާގެ ލަދު ހަޔާތެއް ނެތްކަމެވެ. ފުއާދަށް ހަޖޫޖެހި މީހުން ހަޤީޤަތުގައި ހަޖޫޖެހީކީ ފުއާދަކަށް ނޫނެވެ. އެމީހުންނަށް އެ ހަޖޫ ޖެހުނީ ހެއްދެވި ފަރާތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
1 ނޮވެންބަރ 2017 | ބުދަ 15:14
ބައުދާދީ
ސުންދެލީ! ތިކަހަލަ އެއްޗިހި ނުކިޔާބަލަ! ތެދަކަސްވިޔަސް....
28 އޮކްޓޯބަރ 2017 | ހޮނިހިރު 18:12
ސުންދެލި
ހުދުކޮތަޅަށް ސްޕްރައިޓް ފުޅިޔާއި ކޯލާދަޅުލައިގެން ނިކުތީވެސް ހަމަހެއްދެވި ގޮތަކުންތޯ؟ ދޭތެރެ ޖެއްސުމާއި ހަގީގަތާ ހިލާފުވާހަކަ ދެއްކުން އާދަވީވެސް ހެއްދެވި ގޮތަކުންތޯ؟ އަނބިދަށިވީވެސް ހަމައެހެން ދެއްތޯ؟