ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދި އޭނާގެ ދައްތަ ދުންޔާ މައުމޫން ދުއާ ކުރައްވައިފިއެވެ.
ފާރިސް މައުމޫން ގެއަށް ބަދަލުކުރެއްވުމަށް ފަހު އަނބުރާ ޖަލަށް ގެންދެވީ ހޮނިހިރު ދުވަހުގައެވެ.
ފާރިސް ޖަލަށް ބަދަލުކުރެއްވުމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުންޔާ އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ އޭނާގެ ކޮއްކޮ ޖަލަށް ބަދަލު ކުރުން އެއީ ފުން ހިތާމައެއް ގެނުވި ކަމެއް ކަމަށެވެ. ފާރިސްއާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ވަނީ އެކަމަނާ ދުއާ ކުރައްވާފައެވެ.
ފާރިސް ޖަލަށް ލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައެވެ.
ދުންޔާ ވަނީ ވަނީ މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.
ޕީޕީއެމް ދެ ފަޅިވެ ރައސް ޔާމީނަށް ކުރެއްވި ތާއީދުރައީސް މައުމޫނު އަނބުރާ ގެއްދެވުމަށް ފަހު ވެސް، ދުންޏާ އާއި ކޮއްކޮ ގައްސާން މައުމޫން ވެސް ސަރުކާރާއި އެކު މަސައްކަތް ކުރައްވަމުންނެވެ. އަދި އެ ދެބޭފުޅުން ސަރުކާރުގެ ތެރޭގައި ތިއްބަވާތީ އެތައް ފާޑު ކިއުންތަކެއް ރައީސް މައުމޫނަށް ވެސް އަމާޒުވެއެވެ.
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ދުންޔާ އަދާކުރައްވަމުންދާ އިރު މި ސަރުކާރަށް ތާއީދުކުރާ ސިޔާސީ ލީޑަރުންނާއި ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ފާޅުގައި ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑު ވިދާޅުވަމުންނެވެ.