ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ޖަލަށް ބަދަލު ކުރީ ޑިކްޓޭޓަރޝިޕަށް (ކުދުމުޚްތާރު ވެރިކަމަށް) އާއެކޭ ނުބުނުމުން ކަމަށް ކަމުގައި ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެވެ
ޢަލީ ޒާހިރު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެތައް އަހަރެއްގެ އިންތިޒާރަށްފަހު ލިބުނު ފިރިހެން ދަރިފުޅާ ކުޑަހިނދުކޮޅެއް ތެރޭ ދުރުކޮށްގެން ގެންދިއުމުގެ ކުށަކީ ޑިކްޓޭޓަރޝިޕަށް އެސް އޭ ނުބުނުން" ކަމަށެވެ
Ethah aharegge inthizarahfahu libunu firihen dharifulha kuda hindhukolhey therey dhurukohggen gendhani, kushaki Dictatorshipah YES nubunun. pic.twitter.com/k3Tp1sE4TY
— Ali Zahir (alipi) (@alixahir) October 21, 2017
އިމްރާނާއި ފާރިސް ޖަލަށް ބަދަލުކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ދެރައީސުން ކަމުގައިވާ ރައީސް މައުމޫނާއި ރައީސް ނަޝީދުވެސް ވަނީ ޓްވީޓް ކުރައްވާފައެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިމްރާނާއި ފާރިސް ޖަލަށް ބަދަލުކުރުމާއި ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، މިހާރުން މިހާރަށް ދެ ބޭފުޅުން މިނިވަން ކުރަންޖެހޭ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓުވީޓްގައި ވިދާޅުވެފައި ވަނީ، އިމްރާނާއި ފާރިސް ޖަލަށް ބަދަލުކުރުމަކީ ރައީސް އަބްދުﷲ ޔާމީނަށް ގޮތް ހުސްވެފައިވާކަމުގެ ދަލީލެއް ކަމަށެވެ. އަދި ފާރިސް އާއި އިމްރާން ވަރަށް އަވަހަށް މިނިވަންވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކުރީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ފާރިސް ބަންދުކޮށްފައި ބެހެއްޓިއިރު، ފާރިސް ހުންނަވާ ޖަލު މަރާމާތު ކުރުމަށް ކަމަށް ބުނެ ގެއަށް ބަދަލުކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ހޮނިހިރު ދުވަހު ފާރިސް އަނބުރާ ޖަލަށް ގެންދިޔައިރު، ގޭބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެސް ހޮނިހިރު ދުވަހު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. ޝެއިހް އިމްރާން ޖަލަށް ބަދަލު ކޮށްފައވާއިރު، އެމަނިކުފާނު އެންމެ ފަހުން ގޭބަންދަށް ބަދަލުކުރީ މީގެ މަސްދުވަސްކުރިން، ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.