ފުލުހުންތަކަކާ ބައްދަލުނުކުރެއްވި ކަމަށް ބުނެ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ޝެއިޚް މުހައްމަދު މޫސާގެ މައްސަލައެއް ޖޭއެސްސީއިން ބަލަން ފެށީ މިދިޔަ ހަފްތާގަ އެވެ.
ޝެއިޚް މުހައްމަދު މޫސާގެ މައްސަލަ ބަލަން ފެށީ، އޭނާއާ ބައްދަލުކުރަން ދިޔަ ހަތަރު ފުލުހަކާ ބައްދަލުނުކުރެއްވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅޭ ގޮތުން ޖޭއެސްސީގެ ބަހެއް ހޯދަން ރާއްޖެއެމްވީއިން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.
ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމަށް ޝެއިޚް މުހައްމަދު މޫސާ ހަމަޖައްސަވާފައިވަނީ 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގަ އެވެ.