ދޮންނަ މެޝިނެއް ގޮވުމުން ހިނގިއަލިފާނުގެ ހާދިސާގައި ފިހުނުމީހާ، ނިޔާވެއްޖެއެވެ.
މާފަންނު ފެސިނޭޝަން ގޭގައި ދޮންނަ މެޝިނެއް ގޮވުމުން ހިނގި އަލިފާނުގެ ހާދިސާގައި، ހަށިގަނޑުގެ ބޮޑުބައެއް ފިހުމުގެ ސަބަބުން އަނިޔާވީ ތ. ގުރައިދޫ މިސްރާބު، ހައްވާ މަނިކެ އިބްރާހިމް، 54 އެވެ.
ހައްވާ މަނިކެ އިބްރާހިމް ނިޔާވީ އެނާއަށް ލިބިފައިވާ ޒަޚަމްތަކަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ބުދަ ދުވަހު ހަވީރު އެވެ. ހައްވާ މަނިކެ އިތުރު ފަރުވާއަށް ރާއްޖެއަށް ބޭރަށް ގެންދިޔައިރު އޭނާގެ ހާލު އައީ މަޑުމަޑުން ރަނގަޅުވަމުން ކަމަށް އައިޖިއެމް ހޮސްޕިޓަލުން ކުރިން ވަނީ ބުނެފައެވެ.
މަައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މިހާގެ ހާލު ފަހުން ސީރިއަސްވީ ހަށިގަނޑުގައި ފިހިފައި ހުރި ތަންތަން އިންފެކްޓްވެ، އެތެރެހަށީގެ ގުނަވަނަކަށް އިންފެކްޝަންގެ އަސަރު ފޯރައިގެންނެވެ.
ހައްވާ މަނިކެ ޒަހަމްވި ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މއ. ފެސިނޭޝަން ގޭގަ އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ ދޮންނަމެޝިނުގައި ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށެވެ.