ގއ. ވިލިނގިލީގައި މޫދަށް އެރިއުޅެނިކޮށް ދެމަރިފިރިއަކު ގެނބި ފިރިހެން މީހާ މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އިން ބުނީ ވިލިނގިލީގައި ކައިރީގައި އޮންނަ ފަޅު ރަށަކަށް މޫދަށް ގޮސް އުޅުނު ދެ މީހަކު އޮޔާދިއުމުގެ ސަބަބުން އެތަނުން އެކަކު ގެނބިފައިވާ ކަމަށާއި އޭނާ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. އޭނާ ފެނިފައި ވަނީ ހޯދަމުން ދަނިކޮށް މޫދު އަޑިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކ. ކާށިދޫ، މަލަސް،އުމުރުން 29 އަހަރުގެ މުހަމައްދު ހަނީފް ކަމަށެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ، ހެނދުނު 10:30 ހާއިރު މިދެމަފިރިން ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށިކަމަށާއި މިދެ މީހުން ގެއްލިފައިވަނީ، ދަތުރު ގޮސް އުޅެނިކޮށް ކަމަށެވެ.
މިކަމުގެ ތެރޭގައި އުޅުނިކޮށް އެރަށުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އިތުރު ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.