ބުރާސްފަތި ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި ބާއްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރެލީއަށް އެ ސަރަޙައްދު ތައްޔާރު ކުރުމުގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުންނާއި އެމްއާރުޑީސީގެ ވަސީލަތްތައް ބޭނުންކުރާ މައްސަލަ ފެންމަތިވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޮކްޓޯބަރ 19 ވަނަ ދުވަހުގެރޭ ބޭއްވުމަށް ތައްޔާރުވަމުންދާ ޖަލްސާއަށް ކާނިވާ ސަރަޙައްދު ތައްޔާރުކުރުމަށް އެތަނުގައި ކުރަންޖެހޭ އެކި އެކި މަސައްކަތްތައް ކުރުމުގައި ހަރަކާތްތެރިވަމުންދަނީ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނެވެ. އެގޮތުން އެ ސަރަޙައްދުން ކުންޏާއި ގައު ހޮވައި، ސަރަޙައްދުގެ ވެލިގަނޑު އެއްވަރުކޮށް، ސަރަޙައްދު ޒީނަތްތެރިކުރުމުގެ މަސައްކަތުގައި އެފަރާތްތަކުން ވަނީ ހަރަކާތްތެރިވެފައެވެ.
Housing ministry ge vehicle thakaai muazzafunnaa eku PPM jalsaa akah kaanivaa thayyaaru kurany. @MMuizzu ladhu hayaaiy kobaa? pic.twitter.com/NwGWpvFnj7
— Luke (@Lucasjalyl) October 17, 2017
ކުލަ ހެދުމުގައި ހައުސިންގ މިނިސްޓްރީގެ ބިދޭސީ މުވައްޒަފުން މަސައްކަތް ކުރަމުންދިޔައިރު އެމީހުންނަކީ މިނިސްޓްރީގެ މުވައްޒަފުންކަން އެ ފަރާތްތަކުން ވަނީ ބައެއް ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.
ޕީޕީއެމްގެ އެކި ހަރަކާތްތަކަށް ތަންތަން ތައްޔާރުކުރުމަށް މީގެ ކުރިންވެސް ހައުސިންގ މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްފައިވާއިރު، ސަރުކާރުން އެކި ފަހަރު މަތިން ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.
ބުރަސްފަތި ދުވަހުގެރޭގެ ޖަލްސާއަށް ކާނިވާ ތައްޔާރުކުރުމަށް ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރާ މައްސަލައިގައި އެ މިނިސްޓްރީން އަދި ޖަވާބުދާރީ ވެފައެއް ނުވެއެވެ.