" ބަރެސްދޫ އިންޓަރގްރޭޓެޑް ގެސްޓް ހައުސް ޕްރޮޖެކްޓު" ގެ ނަމުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުއަށް އިންވެސްޓްކުރުމަށް ކުރުމަށް އެދުމުގެ ފުރުސަތު މިމަހުގެ 25 އަށް އިތުރުކޮށްފި އެވެ.
ލ. އަތޮޅު ބަރެސްދޫ އިންޓަރގްރޭޓެޑް ގެސްޓް ހައުސް ޕްރޮޖެކްޓުގެ ނަމުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢުއަށް އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ފަރާތުން ވަނީ ސެޕްޓެމަބަރު 13 އިން ފެށިގެން ހުޅުވާލާފަ އެވެ.
އެމްއައިޓީޑީސީން ބުނީ ކުއްޔަށް ދޫކުރެވޭ އިމާރާތްތަކުގެ މައުލޫމާތު ހިމެނޭ ފޮތް އަދި އެ ކޯޕަރޭޝަނަށް ހުށަހަޅަންޖޭ އެޕްލިކޭޝަން ފޯމް ވިއްކުމުގެ މުއްދަތު އޮކްޓޫބަރު 25 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
އަދި މި ޕްރޮޖެޓްކަށް ޝައުގުވެރިކަން ފާޅުކޮށް އެންމެހާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި މި މުއްދަތު ތެރޭގައި އެ ކޯޕަރޭޝަނަށް ހުށަހެޅޭ އެޕްލިކޭޝަންތައް ލިބެމުންދާ ވަރަކުން އިވޭލުއޭޓްކޮށް، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އެވޯޑް ކުރެވެމުންދާނެ ކަމަށްވެސް އެމްއައިޓީޑީސީން ބުނެއެވެ.
ބަރެސްދޫގައި ތަރައްގީ ކުރަނީ 3،000 އެނދެވެ.
ބަރެސްދޫގައި އެކި ސައިޒުގެ ގެސްޓް ހައުސްތަކާއި ހޮޓާތަކާއި އަދި ހޮޓާތަކާއި ގެސްޓް ހައުސްތަކަށް ބޭނުންކުރެވޭގޮތަށް ރެސްޓޯރަންޓްތަކާއި، ސްޕާރތަކާއި ބާތަކާއި އަދި ޑައިވިންގ ސެންޓަރުތައް ހުންނާނެ ކަމަށެވެ. މީގެ އިތުރުން ގޮލްފް ކޯހާއި އެކިއެކި ކުޅިވަރުތަކާއި ރެކްރިއޭޝަން ސެންޓަރުތައް ހުންނާނެ ކަމަށްވެސް އެމްއައިޓީޑީސީން ބުނެއެވެ.
އެމްއައިޓީޑީސީން ބުނީ ބަރެސްދޫ މެނޭޖްކުރާނީ އެކުންފުނިން ކަމަށާއި ނަމަވެސް އެރަށުން ވިއްކާ ގެސްޓް ހައުސްތަކާއި ހޮޓާތަކާއި އައުޓްލެޓްސްތައް ހިންގާނީ ގަންނަ ފަރާތްތަކުން ކަމަށެވެ.