މ. ރަތްމަންދޫގެ ދެ ކައުންސިލަރަކު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފި އެވެ.
ރަތްމަންދޫ ކައުންސިލްގެ ދެ ކައުންސިލަރުން ސޮއިކޮށްފައި ވަނީ ހޯމަ ދުވަހު އެރަށަށް ޒިޔާރަތްކުރި އެމްޑީޕީ ޓީމު މެމްބަރުންގެ ހާޒިރުގައެވެ.
އެގޮތުން އެމްޑީޕީއަށް ސޮއިކޮށްފައި ވަނީ ކައުންސިލްގެ ރައީސް އަލީ ރިޔާޒާއި، ނައިބް ރައީސް ޤާސިމް އަބްދުﷲ އެވެ.
މި ދެ ކައުންސިލަރުންނަކީ ވެސް އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވި ދެ މެމްބަރުންނެވެ. އެހެން ނަމަވެސް އެމްޑީޕީއަށް ސޮއިކުރީ އެޕާޓީއަކީ ރައްޔިތުންނަށް ޙިދުމަތްކޮށްދީފައިވާ އަދި ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންނަށް ޙިދުމަތްކޮށްދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށްވާތީ އެވެ.
އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ވެދެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.