2016 ވަނަ އަހަރުގެ މުދަލުޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން މާލެސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފައިސާ ދޫކުރަން ފަށައިފި އެވެ.
އެގޮތުން މުދަލު ޒަކާތް ދޫކުރަން ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2017 ން 17 އޮކްޓޫބަރު 2017 ގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
މިގޮތުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން މެންދުރުފަހު 3:00 އަށެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ފަޤީރުންގެ ލިސްޓުގައި ނަންނޯޓް ކުރެވިފައިވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުހިފައިގެން ބަދަލުގައި މީހަކު އައިކަމުގައި ވީނަމަވެސް އެއީ ވެރިފަރާތުން ފޮނުވި މީހެއްކަމުގައި ބަލައި އެފަރާތުގެ ފައިސާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އަންނަ ފަރާތަކަށް ދޫކުރެވޭނެ ކަމަށެވެ.
ކޮންމެ ދުވަހަކު ދޫކުރުމަށް ހަމަޖެހިފައިވަނީ 150 ނަންބަރެވެ. ކޮންމެ ނަންބަރަކަށް ޚިދުމަތް ދެވޭނީ ގިނަވެގެން 15 އައިޑީ ކާޑަށެވެ.