ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ސްރީލަންކާގައި އިހްތިޖާޖް ކޮށްފިއެވެ.
ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީގައި އިހްތިޖާޖް ކޮށްފައިވާ ކަމަށެވެ.
މިއީ ލަންކާ ސަރުކާރުން ނަގަންޖެހޭ ހުއްދަތަކާ އެކު ކުރިއަށްގެންދިޔަ އިހްތިޖާޖެއް ކަމަށާއި އެގޮތުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން މިސަރުކާރާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުން ފާޅު ކުރުމުގެ ގޮތުން ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ހަމަހިމޭން މުޒާހަރާއެއް ވަނީ ކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންވެސް ވަނީ ބައިވެރިފައެވެ.
ލަންކާއަކީ އެތައް ހާސް ދިވެހިން ދިރިއުޅޭ ގައުމެކެވެ. އަދި އިދިކޮޅު ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ވެސް ލަންކާގައި ދިރިއުޅުއްވައެވެ.