ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ވަގުތީގޮތުން ގޭ ބަންދަށް ބަދަލުކުރެއްވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު އަދާކުރައްވައިފި އެވެ.
Thank you President for transferring MP @afarismaumoon temporarily from prison to house arrest.
— Maumoon Abdul Gayoom (@maumoonagayoom) October 11, 2017
ރައީސް މައުމޫނު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ 85 ދުވަސްވަންދެން ޖަލުގައި ހޭދަކުރެއްވުމަށްފަހު އާއިލާ ކައިރިއަށް ގެއަށް ބަދަލުކުރީތީ އުފާކުރައްވާ ކަމަށާއި ﷲގެ ހަޒްރަތައް ދުޢާ ދަންނަވާ ކަމަށެވެ.
ފާރިސް ގޭބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި އޭނާ ބަހައްޓަވާފައި ހުންނެވި ގޮޅި މަރާމާތުކޮށް ނިމެންދެން ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެ އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް ބަންދުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.