ރިޝްވަތުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ޖަލު ބަންދުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ގޭބަންދަށް ބަދަލުކުރުމާ ގުޅިގެން ގިނަ ބަޔަކު ފާރިސްއަށް މަރުހަބާ ކިޔަމުން އެބަދެއެވެ.
ބުދަ ދުވަހުގެ ހަވީރު ފާރިސް ގެއަށް ބަދަލުކޮށްފައިވާއިރު، ފާރިސްއާ އެކު ސިޔާސީ ކަންކަމުގައި އެންމެ ގާތުން މަސައްކަތްކުރައްވާ ފާރިސްގެ ދައްތާފުޅު، ޔުމްނާ މައުމޫން ވަނީ ފާރިސް ގޭބަންދަށް ބަދަލުކުރުމުން، ޙަމްދުކުރާކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. މި ޓްވީޓްގައި ޔުމްނާ ވަނީ އިންތިހާ އުފާ ރަމްޒުކޮށްދިނުމަށް "'ބްލަޝް" އިމޯޖީ ބޭނުންކުރައްވާފައެވެ.
MP @afarismaumoon gey bandhah badhalu kohffi. Alhamdhulillaahi! pic.twitter.com/eir2BVKQoN
— Yumna Maumoon (@yumna_maumoon) October 11, 2017
ސަރުކާރުން ފާރިސް ހައްޔަރުކޮށް، އޭނާ ޖަލަށްލައި، ސިޔާސީ ގޮތުން އެތައް އުނދަގުލެއް ކުރިމަތިކުރަމުންދާއިރު، ސަރުކާރުގެ އިސް މަޤާމެއްގެ އަދިވެސް ހުންނެވި ފާރިސްގެ އަނެއް ދައްތަ، ދުންޔާ މައުމޫން، ބުދަދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސް ފެނުމުން އުފާވެއްޖެ ކަމަށާއި، ފާރިސްއަށް ސިއްޙަތު ރަނގަޅު، ދިގު އުމުރެއް ދެއްވުން އެދި ދުޢާކުރާ ކަމަށެވެ.
Good to see you @afarismaumoon. May Allah bless you with good health and long life, Insha Allah pic.twitter.com/u0krsNHEFD
— Dunya Maumoon (@dunyamaumoon) October 11, 2017
ފާރިސް ގެއަށް ބަދަލުކުރުމާ ވިދިގެން ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސް މައުމޫން ގެއަށް ބަދަލުކުރި ޚަބަރަކީ އުފާވެރި ޚަބަރެއް ކަމަށާއި، ފާރިސް އާއި އާއިލާއަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
Hon. Faris Maumoon gey bandhah badhalu kuri khabar akee ufaaveri khabareh. Farish aai aailaa ah maruhabaa
— Mohamed Nasheed (@MohamedNasheed) October 11, 2017
ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައިސާ އައިމިނަތު ނާދިރާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފާރިސްގެ މައްޗަށް ކޮށްފައިވާ ނުޙައްޤު ދައުވާތައް އަނބުރާ ގެންދަން ޖެހޭ ކަމަށާއި، ފާރިސްއަކީ ގޭބަންދުގައި ބަހައްޓަން ޖެހޭ މީހެއް ނޫން ކަމަށެވެ.
Hon @afarismaumoon ge mahchah kohffaiva nuhaqqu dhauvaathah amburaa gendhanjehey. Faris akee Geybandhuga bahattan jehey meeheh noon. pic.twitter.com/dFpDFSiDP1
— aminath nadira (@a_nadraa) October 11, 2017
ފާރިސް ގެއަށް ބަދަލުކުރުމާ ގުޅިގެން، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ކުރީގެ ޕީއޭ، އަޙުމަދު ޞަފްވާން ވެސް ވަނީ އެކަން ފާހަގަކޮށް ޓްވީޓްކޮށްފައެވެ.
Happy to hear Mp @afarismaumoon is back with family.
— Ahmed Sofwan (@asofwan2003) October 11, 2017
الحمدلله
ފާރިސްއާ އެކު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާ އެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް ގެއަށް ބަދަލު ކުރުމުން އުފާކުރާ ކަމަށެވެ. މަޚްލޫފްގެ ޓްވީޓްގައި އޭނާ ވަނީ ރައީސް ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި، ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ އިތުރުން މޭޑޭގެ މުޒާހަރާތަކާއި ގުޅިގެން ހައްޔަރުކޮށް، ޖަލުގައި ތިބި ފަރާތްތައް ވެސް ދޫކޮށްލުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން މަޚްލޫފް ވަނީ ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ވެސް މި ޓްވީޓްގައި ގޮވާލައްވާފައެވެ.
Happy to hear @afarismaumoon is back with family. Free President @MohamedNasheed ,Qasim,Nazim, Imran & #MayDay heroes #AuthorizeMedica4Adeeb
— Ahmed Mahloof (@AhmedMahloof) October 11, 2017
ކުރީގެ ބަންޑާރަނައިބު، ދިޔާނާ ސައީދު ވިދާޅުވީ، ފާރިސް ގެއަށް ބަދަލުކުރުމުން ނުފުދޭ ކަމަށާއި، ނުޙައްޤުން ފާރިސްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަށް އަނބުރައި ގެންގޮސް، ފާރިސް މިނިވަންކުރަންޖެހޭ ކަމަށެވެ.
Transferring Mp @afarismaumoon to house arrest is not enough. The govt must drop the trumped-up charges against him and free him immediately
— Dhiyana (@dhiyanasaid) October 11, 2017
އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، ފުއާދު ތަޢުފީޤް ވިދާޅުވީ، ފާރިސް ގެއަށް ބަދަލުކުރުމުން ހިތްހަމަޖެހުން ލިބިވަޑައިގެންފި ކަމަށެވެ. ފުއާދު ވިދާޅުވީ، ފާރިސްއަކީ ކުށްވެރިއެއް ނޫން ކަމަށާއި، ދާއިރާ ތަމްޞީލު ކުރުމަށް ފާރިސް މިނިވަން ކުރަންޖެހޭ ކަމަށެވެ.
It is a great relief to know Hon. @afarismaumoon is at home. He is innocent. He should be completely freed to represent his constituency.
— Fuwad Thowfeek (@FuwadThowfeek) October 11, 2017
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފާރިސްގެ އާއިލާ އާށް މަރުޚަބާ ދަންނަވާފައެވެ.
Hon. Faris Maumoon gey bandhah badhalu kuri khabar akee ufaaveri khabareh. Farish aai aailaa ah maruhabaa
— Mohamed Nasheed (@MohamedNasheed) October 11, 2017
މީގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ ފާރިސް ގެއަށް ބަދަލުކުރުމާ ގުޅިގެން އެކިއެކި ޝުޢޫރުތައް ފާޅުކޮށްފައެވެ.
Alhamdhulillaah that @afarismaumoon is back with family. Call upon state to drop all the bogus charges against Faris Maumoon.
— #FreeFarisNow (@faixal) October 11, 2017
I commend the strength and determination of MP @afarismaumoon in the face of tyranny and injustice. Your bravery is an inspiration to us. pic.twitter.com/Q1l3ayPVCH
— Ali Hashim Didi (@hashimex) October 11, 2017
Welcome back @afarismaumoon ! :D
— Haman (@OfficialHaman) October 11, 2017
MP @afarismaumoon transferred to house arrest! But this is not enough. He must be release immediately!
— Mohamed Hassaan (@HassaanMuaviyat) October 11, 2017
Welcome back @afarismaumoon. Missed. pic.twitter.com/p04Yj8Xfbj
— Luke (@Lucasjalyl) October 11, 2017
ބުދަ ދުވަހުގެ މެންދުރުފަހު 15:40 ފާރިސް ބަދަލުކޮށްފައި ވަނީ އޭނާ ދިރިއުޅުއްވަމުން ގެންދަވާ މއ. ސްނޯރޯސް އަށެވެ.
ރާއްޖެއެމްވީއަށް މަޢުލުމާތު ދެއްވަމުން، ކަރެކްޝަނުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވަނީ، ބުދަ ދުވަހުގެ މެންދުރު ފަހު ފާރިސް ގޭބަންދަށް ބަދަލުކުރެވިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ލުގުމާން ވިދާޅުވީ ފާރިސް ގޭބަންދަށް ބަދަލުކުރެވުނީ މާފުށި ޖަލުގައި ފާރިސް ބަހައްޓާފައި ހުރި ޔުނިޓުގެ މަރާމަތުގެ މަސައްކަތެއް ކުރިއަށް ގެންދިއުމަށް ކަމަށާއި، މަރާމާތުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ފާރިސް އަނބުރާ ޖަލަށް ބަދަލުކުރާނެ ކަމަށެވެ.
ރިޝްވަތު ދިންކަމަށް ބުނާ މައްސަލައިގައި ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ ކަރެކްޝަންސްގެ ބެލުމުގެދަށުން މާފުށީ ޖަލުގައެވެ.
ބަންދުގައި ބަހައްޓައިގެން މި މައްސަލައިގެ ތަހުގީގު ނިންމައި ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ކޮށްފައިވާއިރު އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.