އެޑިޔުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިޓަރުގެ މަގާމަށް އދ. ދިއްދޫ، ކިނބިގަސްދޮށުގޭ، މުޙައްމަދު ޝާކިރު، އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެމަގާމަށް ޝާކިރު ހަމަ ޖެއްސެވީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.
ޝާކިރު ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވި އިރު އޭނާ ހުންނެވީ އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.
ޝާކިރުގެ އިތުރުން މިހާރު ވެސް އެޑިއުކޭޝަން މިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވި އެވެ. އަދި ހަތަރު ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވި އެވެ. އޭގެ އިތުރުން ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މާގާމަށް ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި ހަ ބޭފުޅަކު އައްޔަން ކުރައްވާފައި އެ މިނިސްޓްރީގައި އެބަ ތިއްބެވި އެވެ.