މެއި ޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖަލަށްލާފައި ހުރި އަބްދުލް ރަޝީދު މުހައްމަދު ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވެއްޖެ އެވެ.
މިކަން އޭނާގެ އައިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ މަރުވެފައިވަނީ އަންގާރަ ދުވަހުގެ ހެނދުުނު 10:30 ހާއިރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށެވެ.
މިކަމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސަރވިސަސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އުމުރުން 51 އެ އަހަރުގެ އަބްދުލް ރަޝީދު މުހައްމަދު، ބޭރަށް ހިންގާތީ ހޮސްޕިޓަލަށް ގެނެވުނީ، ހޯމަ ދުވަހު ކަމަށެވެ.
މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އަބްދުލް ރަޝީދުގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް ކުރެވުނު އިރު، އޭނާގެ ހުކުމް ތަންފީޒުކޮށް ނިމެނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ގަ އެވެ.