މަޖިލީހުގެ ފޮޓޯގްރާފަރު އަންގާރަދުވަހުގެ ޖަލްސާގައި ނެގީ ހަމައެކަނި ޕީޕީއެމްއާއި އެމްޑީއޭގެ މެމްބަރުންގެ ފޮޓޯކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްމަބު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. އީވާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ފޮޓޯގްރާފަރަށާއި ދައުލަތުގެ ޓީވީއަށް އަންގާފައިވަނީ އިދިކޮޅު ފަރާތްތަކުގެ އިހްތިޖާޖް ނުދައްކައި، ހަމައެކަނި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދެއްކުމަށް ކަމަށެވެ.
Staff photographers of Majlis and State TV instructed to capture only Government MPs, ignoring the Opposition protests. Broadcasting a lie. pic.twitter.com/jNvQalrlgM
— Eva Abdulla (@evattey) October 10, 2017
ގިނަ ދުވަސްތަކަކަށް ފަހު ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާގެ ފޮޓޯ މަޖިލީހުގެ ވެބްސައިޓަށް ލާފައިވާއިރު، އެފޮޓޯތަކުގައިވަނީ ހަމައެކަނި ސަރުކާރަށް ތާޢީދުކުރާ މެމްބަރުންނެވެ.
މިއަހަރުގެ 3 ވަނަ ދައުރުގެ 2 ވަނަ ޖަލްސާވެސް އަންގާރަ ދުވަހު ބާއްވާފައިވަނީ އިދިކޮޅު ފަރާތްތަކުން އިހްތިޖާޖްކުރަމުން ދަނިކޮށެވެ. މަޖިލީހުގެ އިދިކޮޅު މެމްބަރުން އިހްތިޖާޖްކުރަމުންދަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އަޣުލަބިއްޔަތާއިއެކު ވައްދާފައިވަނިކޮށް، މައްސަލަ އެޖެންޑާ ނުކޮށް މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށްގެންދަވާތީ އެވެ.