ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާލިބުނު ތިން މީހުންގެ ތެރެއިން އެކަކު މާލެ ގެނެސްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާލިބިފައިވާއިރު އިތުރު ފަރުވާއަށް ހޯމަ ދުވަހު މާލެ ގެނެސްފައި ވަނީ އުމުރުން 26 އަހަރުގެ އަންހެނެކެވެ.
އެކްސިޑެންޓުގައި އަނިޔާލިބުނު އިތުރު ދެ މީހުންނަން ތިނަދޫ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.
ތިނަދޫ ހޮސްޕިޓަލުން އެކްސިޑެންޓުގައި ޒަހަމްވި އަންހެންމީހާ މާލެ ފޮނުވާލަން ޖެހުނީ، ބުރަ ކަށީގެ އޮޕަރޭޝަނެން ކުރުމަށެވެ..