ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ބޭފުޅަކު އަންޔަނު ކުރައްވައިފިއެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރުގެ ނައިބުގެ މަޤާމަށް އާދީއްތަ ދުވަހު އަންޔަން ކުރައްވައިފައި ވަނީ، މއ.ރޯޒް 1 އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދުއެވެ.
އަބްދުލްޢަފޫރަކީ މީގެ ކުރިން އިމިގްރޭޝަންގައި މަސައްކަތް ކުރެއްވި ބޭފުޅަކެވެ. އަދި ކުރިން ރައީސް މައުމޫނުގެ ވެރިކަމުގައި ފާދިއްޕޮޅުގެ އަތޮޅުވެރިކަން ކުރެއްވިއެވެ.
ގަފޫރު މި މަގާމަށް އަންޔަން ކުރެއްވި އިރު އިސްލާމިކް މިނިސްޓްރީގައި ނައިބް ފެންވަރުގެ ހަތަރު ބޭފުޅުން އެބަ ތިއްބެވިއެވެ..