އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި ކުއްޖާ ދޫކޮށްލާފައިވާކަމަށް އައްޑު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
އައްޑޫ ރީޖަނަލް ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ ޒަޚަމް ވި 17 އަހަރުގެ ކުއްޖާ ދޫކޮށްލާފައިވާކަމަށާއި އެ ކުއްޖާގެ ބަނޑަށް ވަޅި ހަރާފައިވަނީ އެހާ ފުންކޮށް ނޫންކަމަށެވެ.
އެހެން ކަމުން އެކުއްޖާއަށް މާބޮޑު ޒަހަމެއް ނޫން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވެފައިވަނީ އުމުރުން 17 އަހަރުގެ ދެ ކުއްޖެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ރޭ 22:15 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.