ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ގަހެއްގައި ޖެހި އެކްސިޓެންޓްވެއްޖެއެވެ.
ހޮނިހިރު ދުވަހު ދަންވަރު 11:30 ކަންހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ. ކާރު ޕާކް ސަރަހައްދުގައި ހުރި ގަހެއްގައި ޖެހުމުން ، ކާރުގެ ކުރީ ކޮޅަށް ވަނީ ބޮޑަތި ގެއްލުންތަކެއް ލިބިފައެވެ.
ހޮނިހިރު ދުވަހުގެ ދަންވަރު މި އެކްސިޑެންޓް ހިނގާފައިވާކަން ރާއްޖެއެމްވީއަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެކްސިޑެންޓް ހިނގި އިރު ކާރުގައި ދެ މީހުން ތިއްބެވެ.
އެހެންނަމެސް ސީރިއަސް ގެއްލުންތަކެއް އެމީހުންނަން ލިބިފައެއް ނުވެއެވެ.