ރާއްޖެ ޓީވީގައި ރޯކޮށްލި ފަހުން ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު ވެސް އެކަމުގެ ފަހަތުގައި ތިބި މީހުންނަށް ފިޔަވަޅު ނޭޅީ، ރާއްޖެ ޓީވީއަށް ތަކުރާރުކޮށް ހަމަލާތައް ދެވި އިންސާފު ނުލިބިދާކަމީ ކަންބޮޑުވާކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Four years since @Raajje_tv arson attack. It is deplorable that the perpetrators are free while RTV is routinely attacked, without justice.
— Mohamed Nasheed (@MohamedNasheed) October 7, 2017
ނަޝީދު މިހެން ވިދާޅުވެ ޓްވީޓްކުރެއްވީ ހ. ކުއީން އޮފް ދަ ނައިޓް އިމާރާތުގައި ރާއްޖެ ޓީވީ ހިންގި އޮފީހުގައި 2013ވަނަ އަހަރުގެ އޮކްޓޯރ މަހުގެ 7ވަނަ ދުވަހުގެ ފަތިހު ރޯކޮށްލި ހާދިސާއަށް 4 އަހަރު ފުރުމާއި ދިމާކޮށެވެ. ރާއްޖެ ޓީވީގައި ރޯކޮށްލުމުގެ ކުރިންނައި ފަހުންވެސް އެކި ޒާތުގެ ގިނަ އަދަދެއްގެ ހަމަލާތަކެއް ރާއްޖެ ޓީވީގެ އިމާރާތްތަކަށާއި، އިކުއިޕްމަންޓަށް އަދި ޚާއްސަކޮށް ނޫސްވެރިންނާއި މުވައްޒަފުންނަށް ވަނީ ކުރިމަތިވެފައެވެ. އެހެން ނަމަވެސް މިއިން އެއްވެސްކަމެއްގެ ފަހަތުގައި ތިބި ބަޔަކު ކަމާއި ބެހޭ ފަރާތްތަކަށް ހޯދިފައިނުވާއިރު، ރާއްޖެ ޓީވީއަށް ދޭން ޖެހޭ ހިމާޔަތް ދިނުމަށް ކަމާއި ބެހޭ އިދާރާތައް ވަނީ ނުކުޅެދިފައެވެ.