މޫސުން ތަންނުދޭތީ ރައީސް އަބުދުﷲ ޔާމީން އިސްރަށްވެހިންނާއި އެކު ހޮނިހިރު ދުވަހުގެރޭ ބާއްވާ ބައްދަލުވުން ކެންސަލް ކުރައްވައިފިއެެވެ.
މިރޭ 8:30 ގައި އެ ބައްދަލުވުން ބޭއްވުމަށް ކުރިން ނިންމުމަށް ފަހު ބައްދަލުވުން ކެންސަލްކޮށްފައިވާއިރު ދެން ބައްދަލުވުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ އިސް ރަށްވެހިންނަށް ރައީސްގެ ދެ ކަނބަލުން ދައުވަތު އަރުވައެވެ.
މީގެ ކުރިން ވެސް ރައީސް ޔާމީންވަނީ އިސްރަށްވެހިންނާއި ބައްދަލު ކުރުމުގެ ނަމުގައި ބައްދަލުވުމެއް ބާއްވަވާފައެވެ.