ގއ. ވިލިގިނލީ ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި، ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ވިލިގިނލީ ކައުންސިލްގެ ތިޖޫރި ފަޅާލާފައި ވަނީ ކައުންސިލް އިދާރާގެ ތިން ދޮރު ހަލާކު ކޮށްލައިގެންނެވެ. ކައުންސިލް އިދާރާގެ ތިން ދޮރު ހަލާކު ކޮށްލައިގެން ވަދެ އެ އިދާރާގައި ހުރި 50،000ރ. ވަނީ ވަގަށް ނަގާފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ވިލިނގިލީން ހައްޔަރުކުރި 37 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހާފައި ވަނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުނެވެ.
ތިޖޫރި ފަޅާލައި ވިލިނގިލީ ކައުންސިލް އިދާރާގައި ހުރި 50،000ރ. ވަނީ ވަގަށް ނަގާފައެވެ. މި މައްސަލަ ތަޙްގީގު ކުރަމުންދާތީ ފުލުހުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން ކައުންސިލް އިދާރާގެ މުއައްޒިފުންނާ ސުވާލުކުރިތޯ އެހުމުން ފުލުހުން ޖަވާބުދީފައެއް ނުވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލިނގިލީ ކައުންސިލްގައި ހުންނަނީ ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައެވެ.