އަޑިއަށް ދިޔަ ދޯނިން ގެއްލުނު ތިން މީހުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ތިން މީހުން ފެނިފައި ވަނީ ރަންނާޅި ރިސޯޓާ ދިމާ ބޭރުން ޕަލެޓްތަކެއްގެ މަތީގައި ތިއްބާ ކަމަށެވެ.
އެ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެމީހުން ގޮވައިގެން މާލެ ދަތުރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހުކުރު ދުވަހުގެ ފަތިހު 5:30 ހާއިރު ކަމަށް އެމްއެން ޑީއެފުން ބުނެއެވެ. ދޯނި އަޑިއަށް ދިޔައިރު އެ ދޯޯނީގައި ތިބީ ތިން މީހުން ކަމަށާއި އެއީ މުދާ އުފުލާ ދޯންޏެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ،
އެމްއެންޑީއެފް އިން ބުނީ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް ކެޕްޓަން މައިލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން ދޯނި އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އޮޔާދާ ތަކެއްޗަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.