މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންގެ މެދުގައި ޑިގު މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.
އެމްޕީއެލްގެ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމުކުރާ މި މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ މިމަހުގެ ހައެއްވާ ހުކުރު ދުވަހު އެވެ.
"ޕޯޓް ޑިގު މުބާރާތް 2017"ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ ހަތަރު ވަނަ ދުވަހުގެ 15:30 ހަމަވެފައިވާއިރު، ޑިގު މުބާރާތުގައި އެމްޕީއެލްގެ އަންހެން އަދި ފިރެހެން މުވައްޒަފުންނަށް ބައިވެރިވެއެވެ
އެމްޕީއެލްގެ ޑިގު މުބާރާތާއި ގުޅިގެން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްޕީއެލްގެ ރެކްރިއޭޝަން ކުލަބުން އިސްނަގައިގެން ޑިގު މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިފަދަ އެކިއެކި ކުޅިވަރު ބުރާބާތްތައް މީގެކުރިންވެސް އެމްޕީއެލްގެ ރެކްރިއޭޝަން ކުލަބުން އިންތިޒާމު ކުރަމުންދާ ކަމަށްވެސް އޮފޮޝަލް ވިދާޅުވި އެވެ.
އެމްޕީއެލްގައި ޑިގު މުބާރާތެއް ބޭއްވުމަށް ނިންމާފައިވާއިރު، އެމްޕީއެލްއަކީ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް-އެމްޑީއޭގެ ގިނަ އެކްޓިވިސްޓުންތަކަކަށް ވަޒީފާ ދީފައިވާ، އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނަ ކުންފުންޏެވެ.