ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ބިދޭސީއަކު މަރުވެފައި އޮއްވާ ހުޅުމާލެއިން ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ދަމާސް ސައިޓްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 08:20 އެހާކަންހާއިރު ކަމަށެވެ.
މަރުވެފައި ވަނީ ބަންގްލަދޭޝްގެ 40 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އޭނާ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެނައިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެނައީ ފުލުހުން ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.
މިމައްސަލައިގެ އިތުރު ތަފްސީލެއް ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.