ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ހިޔާލު ހުށައެޅުމުގެ ފުރުޝަތު އާންމުކޮށް ހުޅުވާލާއިފިއެވެ.
ޖުމްހޫރީ ޕާޓީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ ޕާޓީއަކީ ދިވެހި ޤައުމާއި، ދިވެހި އެންމެހާ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތުގައި ހިންގާ ރައްޔިތުންގެ އިހުސާސްތަކާއި، ހައްގުތައް ހިމާޔަތްކޮށްދީ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާނެ ޕާޓީއަކަށް މިހާރަށްވުރެ ބޮޑަށް ހެދުމަށާއި، ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ ޖިންސެއްގެ، ހުރިހާ ފަންތިއެއްގެ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުޞަތު ލިބިދޭނެ ޕާޓީއަކަށް ހެދުމަށްޓަކައި، ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި، ހެޔޮއެދޭ ދިވެހި އެންމެހާ ރައްޔިތުން، އެ ޕާޓީގެ އަސާސީ ގަވައިދަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަދު އާދީއްތަ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި 14 ދުވަހުގެ މުއްދަތައް ވަނީ ހުޅުވާލާފައެވެ.
އެގޮތުން އާންމުންގެ ހިޔާލު ޖުމްހޫރީ ޕާޓީގެ އީމެއިލް [email protected] ކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާއިރު ، ޕާޓީގެ މިހާރު ބޭނުންކުރަމުންދާ ޤަވާއިދު ޕާޓީގެ ވެބްސައިޓް www.jumhooreeparty.org.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.